12 އޯގަސްޓް 2023
ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަންކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވަނިކޮށް، ޔާމީނުގެ ވަކީލުން މެދުވެރިކުރައްވައި، ނަޝީދަށް ރައްދު ދެއްވައިފި އެވެ.
ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަންކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވަނިކޮށް، ޔާމީނުގެ ވަކީލުން މެދުވެރިކުރައްވައި، ނަޝީދަށް ރައްދު ދެއްވައިފި އެވެ.
ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެމްޕެއިން ޖަލްސާތަކުގައި ނަޝީދު ގެންދަވަނީ ޔާމީނު މިނިވަންކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ޔާމީން މިނިވަން ކުރެވޭނީ ޑިމޮކްރެޓްސްއަށް ކަމަށާއި އެހެންކަމުން އިންތިހާބުގައި އެ ޕާޓީއަށް ތާއީދުކުރުމަށް ނަޝީދު ވަނީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވަމުން ގެންދަވާއިރު ޔާމީންގެ ގާނޫނޫ ޝަރުތު ހަމަނުވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ބޭއްވި ސައިކަލު ބުރުގައި ޔާމީންގެ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
ޔާމީނަށް އިއްވި ޖަލު ހުކުމަށް 1000 ދުވަސް މިއަދު ހަމަވުމާ ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ބޭއްވި ސައިކަލު ބުރަށް ފަހު، ސަޕޯޓަރުންނާ މުހާތަބުކުރައްވައި، ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެއްވަރަށް ޔާމީނަށް "އަނިޔާކުރުމުގައި" ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކަމަށް ޔާމީން ގަބޫލުކުރައްވާ ކަމަށެވެ.
"ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަނީ އެމަނިކުފާނަށް މި އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމުގައިވާއިރު ހަމަ އެއްވަރަކަށް ޖޭއެސްސީގެ ތެރެއިން ރައީސް ނަޝީދު މި އަނިޔާ ދިނުމުގައި ބައިވެރިވާ ކަމަށް،" ޖަމީލު ވިދާޅުވި އެވެ.
ރައީސް ޔާމީން ނުޙައްޤުން ޖަލުގައި 1000 ދުވަސް
— Progressive Party of Maldives (@ProgressPartyMV) August 12, 2023
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޒުވާނުން ބޭއްވި ސައިކަލް ބުރު #FreePresidentYameen pic.twitter.com/BK4YmJSEJI
ޖަމީލު ވިދާޅުވީ ޔާމީނަށް އަނިޔާ ދިނުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ޕީޕީއެމާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވާ އިރު، ޔާމީން ވަނީ "ޑިމޮކްރެޓްސްގެ ސަކަރާތުގައި" ނުޖެހުމަށް ޕީޕީއެމް މެމްބަރުންނަށް އިލްތިމާސްކުރައްވައިފައި ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެހެންވެ ރައީސް ޔާމީންގެ އިލްތިމާސްއަކީ ދަ ޑިމޮކްރެޓްސް އިން ޖަހާ ސަކަރާތުގައި ޕީޕީއެމްގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް -- ޖަމީލް
ޔާމީނު މިނިވަންކުރުމަށް ނަޝީދު ގޮވާލައްވަމުން ދަނީ އެމްއެމްޕީއާރުސީގެ ވައްކަމުގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭއިރު އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް، ފަސް އަހަރު ވުމުން އެއީ އިންސާފު ކަމަކަށް ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ އެވެ.
ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު އެއްކޮށް ބަންދުވުމުން ޕީޕީއެމް/ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކަށް ނެރެނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ނަޝީދާ ބައްދަލުކުރަން ޔާމީން ބޭނުމެއް ނުވި!
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑާއި ޔާމީން ކުރިމަތިނުލުން: ނަޝީދު
ކޮޅިގަނޑުގެ އިންޒާރު އަދުރޭ ދެއްވި ޔާމީންގެ މެސެޖުގައި
ސިޔާސީ ކުށްވެރިންނެއް ނެތް! އެކަމަކު މި ކުރަނީ ކީއް؟
"ޔާމީނަށް ޖަމީލު އިހުލާސްތެރިނުވާނެ، ހެކި އެބަހުރި"
"ޖަމީލް ހެދީ އިތުރުފުޅެއް، ޔާމީން ނުގުޅުއްވާ"
"ޖަމީލަކީ ޔާމީންގެ ދުޝްމަނެއް،ނަގަނީ ނާޖާއިޒު ފައިދާ"