05 ޖުލައި 2023
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ބުއްދިވެރި ގޮތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނު ވެސް ކުރިމަތިނުލެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ބުއްދިވެރި ގޮތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނު ވެސް ކުރިމަތިނުލެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔާމީނެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އޮތުމާ އެކު މިވަގުތަށް އޮތީ ގާނޫނީ ގޮތުން ފުރުސަތު ބަންދުވެފަ އެވެ.
އެމްޑީޕީން ވަކިވެ ނަޝީދަށް ތާއިދުކުރައްވާ އެ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް އިސްވެ "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީއެއް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވި ގޮތުގައި ފެންނަ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ޔާމީން އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ނުނުކުތުމެވެ.
އޭގެ ބަދަލުގައި ދެ ބޭފުޅުން އެކުގައި މަސައްކަތްކޮށް ރައްޔިތުން އެދޭ ހެޔޮ ގޮތެއް ހޯދައިދޭންވީ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލާންވީ، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރައްޔިތުން އެދޭ ގޮތެއް ހޯދައިދޭންވީ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިސްކޮށް ހުންނަވައި ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި އެހެން ވެސް އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެއިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްއާރްއެމްގެ ނައިބު ރައީސް ނާދިރާ ހަސަން އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާޒު ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އެހެން ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާއެކު ނަޝީދު. --ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ހުރިހާ ޕާޓީތަކަށް ވެސް ނަޝީދު މިރޭ ދައުވަތު ދެއްވީ އެކުގައި މަސައްކަތްކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބުން ބަލިކުރުމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން އެދި ގޮވަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމުނުދާކަން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް އިތުރު ގޮތެއް ހޯދައިދިނުމަކީ ވާދަވެރި އެހެން ޕާޓީތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
"ވެރިންގެ ގޮތުގައި ސިޔާސީ ލީޑަރުންގެ ގޮތުގައި ސިޔާސީ ޕާޓީތައް އުފައްދައިގެން ތިބި މީހުންގެ ގޮތުގައި ތިބެނީނަމަ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް، އަޅުގަނޑުމެންގެ ވާޖިބެއް އެބަ އޮތް، އަޅުގަނޑު ވެސް ގޮތްދޫކުރުން، ޕީޕީއެމް/ޕީއެންސީ އަދި އެހެން ޕާޓީތަކުން ވެސް ގޮތްދޫކުރުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ގޮވާލެއްވީ ޕާޓީތަކުން އެއް މޭޒަކަށް އައިސް އަންނަ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކޮށް ކުރިއަށް ދެވޭނެ މަގެއް ހޯދުމަށެވެ. އޭރަށް ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑަށް ފެންނަ ފެނުމުގައި މި އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލާންވީ، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ގޮތެއް ހޯދައިދޭންވީ: ކުރީގެ ރައީސް ނަޝީދު
ރާއްޖޭގެ 55 ޕަސެންޓަށްވުރެ ގިނަ ރައްޔިތުން އަދިވެސް ތިބީ އަންނަ އިންތިހާބާ މެދު ގޮތެއް ނުނިންމާ ކަމަށާއި އެގޮތަށް ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަމުން ދަނިކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމުން އެނގެނީ ރައީސަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ތައްޔާރު ނޫންކަން ކަމަށް ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީއާ އެކު ޑިމޮކްރެޓްސް އިން މިހާރު އަންނަނީ ރަސްމީކޮށް މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް، އެ ދެ ޕާޓީން ވެސް ނިންމާފައިވަނީ ފުރަތަމަ ބުރުގައި ދެ ޕާޓީ ވެސް ވަކިން ވާދަކުރުމަށެވެ. މީގެކުރިން ނަޝީދުގެ ފަރާތުން ޖުމްހޫރީ ޕާޓީއާ ވެސް މަޝްވަރާތަކެއް ކުރި ނަމަވެސް، ނަތީޖާއެއް ނުކުމެފައެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީން ވެސް އިންތިހާބުގައި ވާދަކުރަނީ ވަކިންނެވެ.
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
ކޮޅިގަނޑުގެ އިންޒާރު އަދުރޭ ދެއްވި ޔާމީންގެ މެސެޖުގައި
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
ނަޝީދާ ބައްދަލުކުރަން ޔާމީން ބޭނުމެއް ނުވި!
އަނިޔާގައި ނަޝީދު ބައިވެރިވާކަމަށް ޔާމީން ގަބޫލުކުރޭ
ދެވަނަ ބުރަށް އިލްޔާސް ނުދާނެ ކަމުގެ އިއުތިރާފެއް!
ނަޝީދަށް ޕާޓީގެ ރައީސްކަން ގެއްލުވާލުމުގެ ހިތި ޔާމީނަށް
އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ: އަދުރޭ