17 ސެޕްޓެމްބަރ 2023
ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅު ނުވާ ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ޔާމީން މިއަދު އަންގަވައިފި އެވެ.
ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅު ނުވާ ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ޔާމީން މިއަދު އަންގަވައިފި އެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ވަނީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ވޯޓެއް މި މަހުގެ 25 ގައި ނަގަން އެމްޑީޕީ އާއި ޕީޕީއެމަށް ހުށަހަޅައިފަ އެވެ.
ނަޝީދު އިއްޔެ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާ ކުރެއްވުމަށް މިއަދު މާފުށީ ޖަލަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވި ކަމަށް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނާ ބައްދަލު ކުރައްވަން ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ކުރައްވަން ޔާމީން ބޭނުންފުޅު ނޫން ކަން އެ އިދާރާ އަށް އަންގަވާފައިވާ ކަމަށެވެ.
އެހެންވެ އެ ޖަވާބު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ކުރިން ބުނެފައި ވަނީ އެ ޕާޓީން ޕީޕީއެމާ އެކު ކުރި މަޝްވަރާގައި އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރަން ޕީޕީއެމުން ދެކޮޅު ހަދާ ކަމަށެވެ. އެއްބަސްވުމެއްގައި ސޮއި ނުކުރާ ނަމަ ގުޅިގެން މަސައްކަތް ކުރަން ދަތިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ޑިމޮކްރެޓްސް އިން އެމްޑީޕީ އަށް ވެސް އެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ޖަވާބެއް ލިބިފަައި ނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ 8 ދުވަސް ފަހުން ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓްސް އިން އެދެމުން އަންނަ އިރު އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި އެފަދަ އިންތިހާބެއް ބާއްވަން ވާން ޖެހޭ ތައްޔާރީތަކަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ބޭނުން ވާނެ އެވެ.
މީގެ އިތުރުން އެކަމަށްޓަކައި 50-40 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.
އަނިޔާގައި ނަޝީދު ބައިވެރިވާކަމަށް ޔާމީން ގަބޫލުކުރޭ
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑާއި ޔާމީން ކުރިމަތިނުލުން: ނަޝީދު
ކޮޅިގަނޑުގެ އިންޒާރު އަދުރޭ ދެއްވި ޔާމީންގެ މެސެޖުގައި
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ
އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރާނެ
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން