11 އޯގަސްޓް 2023
އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ދިވެހި ސަރުކާރުން އަޅާ އިންޓަނެޓް ސަބްމެރިން ކޭބަލް ހުޅުމާލެއާ ގުޅާލައިފި އެވެ.
އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ދިވެހި ސަރުކާރުން އަޅާ އިންޓަނެޓް ސަބްމެރިން ކޭބަލް ހުޅުމާލެއާ ގުޅާލައިފި އެވެ.
އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާ ހަވާލުކުރި އެ މަޝްރޫއުގެ ތެރެއިން މުޅި ދުނިޔޭގައި އެ ކުންފުނިން އަޅަމުންދާ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކްގެ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލްގެ ކޮޅު މިހާރު ވަނީ ހުޅުމާލެއާ ގުޅާލައިފި އެވެ.
ސަބްމެރިން ކޭބަލް ގުޅާލާފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކޭބަލް ލޭންޑިން ސައިޓާ އެވެ. މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ހިންގާ މަސައްކަތެކެވެ.
މިކަން ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ބައިނަލްއަގުވާމީ ފައިބާ ކޭބަލްއަކާ ރާއްޖެ ގުޅާލުމަކީ، ރާއްޖޭގައި ބައިނަލްއަގްވާމީ ޓެކްނޮލޮޖީ ހަބެއް އުފަން ކުރުމުގެ ބިންގާ ކަމަށެވެ.
"ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ނިޒާމަކާ ރާއްޖެ ސީދާ މި ގުޅައިލެވެނީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރު. މި ކޭބަލްއާ އެކު އިފުތިތާހު ވެގެން އެ ދަނީ ޑިޖިޓަލް ދިވެހި ޖީލުގެ ފެށުން. އަދި މިއީ ބައިނަލްއަގުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާ އިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު ވެސް މެ،" ރައީސް ވިދާޅުވި އެވެ.
މިއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ކޭބަލް ވިއުގާއާ ގުޅުމުން، ހިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވާނެ ކަމަށާއި ދިވެހިންގެ ޖީބަށް ލުއި އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ދެވޭނެ ކަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި އެވެ.
ސަބްމެރިން ކޭބަލް ގުޅާލުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
- ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެ.
- އިދާރާތައް ގުޅާލުމަށް ހިނގާ ހަރަދު ބޮޑުތަކުން ކުޑަ ކުރެވޭ.
- ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ގާއިމުކުރެވޭނެ.
- ގަވަމެންޓް ނެކްވޯކް އޮފް މޯލްޑިވްސް މެދުވެރިކޮށް، އިންޓަނެޓް ފޯރު ކޮށްދިނުމުގެ މަގު ފަހިވާނެ.
ރައީސް އޮފީހުން ބުނީ، އެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފާ ސްޕީޑް ލިބޭނެ ކަމަށެވެ. އެ ކޭބަލް ސިސްޓަމާ އެކު ރާއްޖެ އާއި އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ގައުމުތަކާ ގުޅާލާނެ އެވެ.
އެ ކޭބަލާ އެކު އިންޓަނެޓް ގަންނަން ކުރާ ހޭދަ ކުޑަވެ، ޑޭޓާ އާއި އިންޓަނެޓަށް ސަރުކާރުން ކުރާ ހަރަދު ދެ ގުނައަށް ކުޑަވާނެ ކަމަށް އޯޝަން ކަނެކްޓުން ލަފާ ކުރެ އެވެ. އިންޓަނެޓުގެ ކެޕޭސިޓީ ވެސް ދެ ގުނައަށް އިތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.
އިންޑިއާގެ ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދަނީ
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާގެ އިތުރު އެހީ
ހުރަވީގެ ބަދަލުގައި ދިން މަނަވަރު ހަވާލުކޮށްފި
ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ: ޝާހިދު
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ
ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ހެދުން އިންޑިއާގެ ބަޔަކަށް