10 އޯގަސްޓް 2023
މޮސްކޯ (އޯގަސްޓް 10) - ރަޝިޔާގެ ވެރިރަށް މޮސްކޯ އަށާއި ކްރީމިއާ އަށް ހަމަލާ ދޭން އުޅުނު ޑްރޯން މަތިންދާބޯޓުތަކެއް ވައްޓާލައި، އެ ހަމަލާތައް ނާކާމިޔާބު ކޮށްލެވިއްޖެ ކަމަށް، ރަޝިޔާގެ ދިފާއީ ވުޒާރާ އިން މިއަދު ބުނެފި އެވެ.
މޮސްކޯ (އޯގަސްޓް 10) - ރަޝިޔާގެ ވެރިރަށް މޮސްކޯ އަށާއި ކްރީމިއާ އަށް ހަމަލާ ދޭން އުޅުނު ޑްރޯން މަތިންދާބޯޓުތަކެއް ވައްޓާލައި، އެ ހަމަލާތައް ނާކާމިޔާބު ކޮށްލެވިއްޖެ ކަމަށް، ރަޝިޔާގެ ދިފާއީ ވުޒާރާ އިން މިއަދު ބުނެފި އެވެ.
ދިފާއީ ވުޒާރާ އިން މިއަދު ބުނި ގޮތުގައި ފާތިވުތި 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާގެ ވައިގެ ސަރަހައްދަށް ވަދެ ނުރައްކާތެރި ހަމަލާތަކެއް ދޭން އުޅުނު 13 ޑްރޯނެއް ވައްޓައިލެވުނެވެ. އޭގެ ތެރެއިން ދެ ޑްރޯނެއް ވައްޓައިލީ މޮސްކޯގެ ވައިގެ ސަރަހައްދުން ދަތުރުކުރަނިކޮށް ކަމަށާއި، އެ ދެ ޑްރޯން ވައްޓައިލުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް ދިފާއީ ވުޒާރާ އިން ބުންޏެވެ.
އަނެއް 11 ޑްރޯން ވައްޓައިލީ، 2014 ވަނަ ވަނަ އަހަރު ރަޝިޔާ އިން ފޭރިގެންފައިވާ، ޔޫކްރޭންގެ ކްރީމިއާ ޖަޒީރާގެ ވައިގެ ސަރަހައްދަށް ވަދެ، އެ ޖަޒީރާގެ އެންމެ ބޮޑު އެއް ސަހަރު ކަމަށްވާ ސެވަސްޓޮޕޯލްގެ މަތިން ދަތުރު ކުރަނިކޮށެވެ.
ރަޝިޔާ އިން ބުނި ގޮތުގައި މޮސްކޯގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު ދެ ޑްރޯން ވައްޓައިލީ، މޮސްކޯގެ ވައިގެ ދިފާއީ ލަޝްކަރުގައި ޑިއުޓީގައި ތިބި ސިފައިން، މަތިންދާބޯޓަށް ހަމަލާ ދޭ ބަޑިން ދިން ހަމަލާތަކެއްގަ އެވެ. އަދި ކްރީމިއާގެ މަތިން ދަތުރުކުރި ޑްރޯންތައް ވައްޓައިލީ، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ވެސް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.
ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ އެންމެ އެތެރޭގައިވާ ސަރަހައްދުތަކަށް ދޭ ހަމަލާތައް، މިދިޔަ މެއި މަހުން ފެށިގެން ޔޫކްރޭނުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މެއި މަހުގެ ތެރޭގައި ޔޫކްރޭނުން ދިން ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ގުއްބަށް ގެއްލުންތަކެއް ލިބުނެވެ.
ރަޝިޔާގެ އެތެރެއަށް ދޭ ޑްރޯން ހަމަލާތަކަށް އިޝާރާތް ކުރައްވައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިދިޔަ ޖުލައި މަހު ވިދާޅުވެފައިވަނީ، ރަޝިޔާ އިން ފެށި ހަނގުރާމަ މިހާރު ރަޝިޔާގެ އެތެރެއަށް ވަންނަން ފެށީ ކަމަށެވެ. ރަޝިޔާގެ އާރާއި ބާރު ރަމްޒުކޮށްދޭ ތަންތަނަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުވާ ހަމަލާތަކުން ދޭހަކޮށްދެނީ، ރަޝިޔާ އިން ފެށި ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ އެތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އަމާންކަމެއް ނެތް ކަން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ޔޫކްރޭންގެ އެންމެ އެތެރޭގައިވާ އަމާޒުތަކަށް ހަމަލާ ދިނުމަށް ރަޝިޔާ އިން ބޭނުންކުރަމުން އަންނަނީ ދުރު ރާސްތާގެ ޑްރޯންތަކެވެ. ރަޝިޔާ އިން ދިން ޑްރޯން ހަމަލާތަކުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ މުހިންމު ބައެއް ތަންތަނަށް ވެސް ވަނީ ގެއްލުންތައް ލިބިފަ އެވެ.
މިއަދު ފަތިހު ރަޝިޔާ އިން ވަނީ ޔޫކްރޭންގެ ހުޅަނގު ސަހަރެއް ކަމަށްވާ ރިވްނީގައި ހުރި ތެޔޮ ގުދަނަކަށް ދިން ޑްރޯން ހަމަލާތަކެއްގައި އެ ގުދަން ގޮއްވާލައިފަ އެވެ. ނަމަވެސް އެ ހަމަލާ ދިނީ ފަތިހުގެ ވަގުތުގައި ކަމަށްވާތީ، އެ ހަމަލާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރެއް ގޮއްވާލައިފި
ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ
ޑްރޯން ހަމަލާތަކުން މޮސްކޯގެ ވައިގެ ދަތުރު ހުއްޓިއްޖެ
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް