Roadha Mihaaru
ފެޒޫ އެންމެފަހުން މިވީ އެންމެ މޮޅު އަންހެން ކެޔޮޅަށް!

ފެޒޫ އެންމެ ފަހުން މިވީ އެންމެ މޮޅު އަންހެން ކެޔޮޅަށް!

09 އޯގަސްޓް 2023

ކޮވިޑްގެ ބަލިމަޑުކަން އައިސް ވަށާލުމުން، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބޭންޑު "ޑިޓިއުން" އަށް ވެސް ޖެހުނީ މިއުޒިކީ އާލާތްތައް ބަހައްޓާފައި ގެޔަށް ވަންނާށެވެ. އޭރު ރިސޯޓް މިއުޒިކުން ބޮޑު އާމްދަނީއެއް ހޯދަމުން ދިޔަ ބޭންޑަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތައް ބަންދުކުރުމެވެ. އެ ބޭންޑުގެ ހިތްގައިމު މިއުޒިކު އިއްވާލަން ދާނެ ތަނެއް ނެތެވެ.

ކޮވިޑްގެ ބަލިމަޑުކަން އައިސް ވަށާލުމުން، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބޭންޑު "ޑިޓިއުން" އަށް ވެސް ޖެހުނީ މިއުޒިކީ އާލާތްތައް ބަހައްޓާފައި ގެޔަށް ވަންނާށެވެ. އޭރު ރިސޯޓް މިއުޒިކުން ބޮޑު އާމްދަނީއެއް ހޯދަމުން ދިޔަ ބޭންޑަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތައް ބަންދުކުރުމެވެ. އެ ބޭންޑުގެ ހިތްގައިމު މިއުޒިކު އިއްވާލަން ދާނެ ތަނެއް ނެތެވެ.

ކޮވިޑާ އެކު ބަންދުވި އާމްދަނީ ހޯދޭނެ އެހެން މަގެއް ފެނޭތޯ ފެށި މަސްދަތުރުތަކުން އުފަންވި "ޑިޓިއުން ފިޝިން" ދެން ކިޔަންފެށި ކާމިޔާބު ލަވަތަކުގައި ވެސް ބޭންޑުގެ ލީޑް ވޮކަލިސްޓް ފާތިމަތު ފެޒްލީން (ފެޒޫ) އެރީ އެންމެ ކުރިއަށެވެ. ބަދަލުވީ އަންހެން ކެޔޮޅަކަށެވެ.

ވާދަވެރި އަދި ފޯރިގަދަ "އުރީދޫ މަސް ރޭސް" ގެ މާލޭ އޭރިއާގެ އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ވެސް އެންމެ ފަހުން އޭނާ އަށް ލިބިއްޖެ އެވެ. އޭނާ ބުނީ 34 ޓީމު ބައިވެރިވި މުބާރާތުން ލިބުނު މި ކާމިޔާބީ އަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށްވުން ކަމަށެވެ.

ކޮވިޑްގައި ފަރުމަސްވެރިކަން ކޮށްގެން ސަލާމަތްވި ބޭންޑުން މިއީ އުރީދޫ މަސްރޭހުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެއީ އެ ބޭންޑުން ކޮށްލަން ބޭނުންވި ތަޖުރިބާއެކެވެ.

އުރީދޫ މަސް ރޭހުގެ ތެރެއިން

އުރީދޫ މަސް ރޭހުގެ ތެރެއިން

"ވަރަށް ތަފާތު، ވަރަށް މަޖާ ތަޖުރިބާއެއް މިއީ. އެހެން ކަހަލަ އެނާޖީއެއް އެންމެންގެ ވެސް ތިބީ. ވަރަށް ޗެލެޖިން،" ފެޒޫ ބުންޏެވެ.

އޭނާ ބުނީ މުބާރާތުން ރަނގަޅު ވަނައެއް ހޯދުނީ ޓީމުގެ ބުރަ ހިތްވަރާއި ރޭވުންތެރިކަމާ އެކު މަސް ރޭސް ވަގުތަށް ނިންމާލައިގެން ކަމަށެވެ.

އުރީދޫ މަސް ރޭހުގައި ފެޒޫ

އުރީދޫ މަސް ރޭހުގައި ފެޒޫ

"ޑިޓިއުން ފިޝިން" އިން 12 މީހުންނާ އެކު ކުރި މި ދަތުރުގައި އެންމެ ފަހުރުވެރި ވަނައެއްގެ ގޮތުގައި އޮތީ ފެޒޫއަށް ލިބުނު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމެވެ. އޭނާ ބުނި ގޮތުގައި އެ މަގާމަށް ވާސިލްވުމުގެ ފަހަތުގައި ތިބީ ވަރަށް މޮޅު ދެ ކެޔޮޅުންނެވެ. އެއީ އޭނާއަށް ދޮށީގެ މަސްވެރިކަން ދަސްކޮށްދިން އަފޫ އާއި ފަރުމަސްވެރިކަން ދަސްކޮށްދިން ވާސިފެވެ. އެ ދެ މީހުންނަނށް ފެޒޫގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ.

އުރީދޫ މަސްރޭހުގައި މާލޭ އޭރިއާގެ ބައި ނިންމާލި އިރު، ރޭހުގެ އެއްވަނަ ހޯދީ "ސޮނީ ފިޝިން" އެވެ. ދެން މި ރޭހުގައި އޮންނާނީ އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގެ ބައެވެ.