08 އޯގަސްޓް 2023
ގެދޮރުވެރިޔާ ސްކީމުން 13،000 ފްލެޓަށް މީހުން ޝަރުތު ހަމަވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމުން 13،000 ފްލެޓަށް މީހުން ޝަރުތު ހަމަވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 13،000 ފްލެޓަށް ޝަރުތު ހަމަވިޔަސް، ޖޮއިންޓް ވެގެން ކުރިމަތިލި މީހުންނާ އެކު، ޝަރުތު ހަމަވާ މީހުންގެ އަދަދު 15،000 އަށް އަރަ އެވެ.
ދެމަފިރިން ވެސް، ވަކިން ފްލެޓަށް ކުރިމަތިލައި، ޝަރުތު ހަމަވެފައި އެބަތިއްބެވެ. އަކްރަމް ވިދާޅުވީ ދެމަފިރިން ފްލެޓަށް ޝަރުތުހަމަވާ ނަމަ އޭގެ ތެރެއިން އެކަކު ފްލެޓު ދޫކޮށްލަންޖެހޭނެ ކަމަށެވެ. އެއީ އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.
ސަރުކާރުގެ ގެދޮރުވެރިވެރިޔާގެ ސްކީމުގެ ތެރެއިން ހަދާ ފްލެޓުތަކަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ. ސަރުކާރުން ވަނީ، އެ ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމައިފަ އެވެ.
އެ ސްކީމްގެ ދަށުން މިހާރު އަންނަނީ ހުޅުމާލޭގައި 8،000 ފްލެޓެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން، 4،000 ފްލެޓް ހަދަން ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ އަދި އެންބީސީސީއަށެވެ. އެ އިން ކޮންމެ ކުންފުންޏަކަށް 2،000 ފްލެޓް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި ވަނީ ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.
އެ ފްލެޓުތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޭގެ ބާކީ 4،000 ފްލެޓު އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިިދިޔަ ބުދަ ދުވަހު އަނެއްކާ ވެސް ވަނީ އިންޑިއާގެ އިތުރު ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ. ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 2.5 ބިލިއަން ރުފިޔާއަށެވެ.
އޭގެ އިތުރަށް ބޭނުންވާ ފްލެޓުތައް އެޅުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޯންނާނެ: އަކްރަމް
ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް: މިނިސްޓްރީ
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ
ދެވަނަ ބުރުގެ ގޯތި/ފްލެޓް ލިސްޓް ލިބޭ މީހުން ނިންމަނީ
ފްލެޓް ލިބޭ މީހުންގެ ވަގުތީލިސްޓު މާދަމާ އިއުލާންކުރަނީ
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ