Roadha Mihaaru
ދިވެހިންނަށް ވިސާއާ ނުލައި ސައުދީއަށް ދެވޭނެ

ދިވެހިންނަށް ވިސާއާ ނުލައި ސައުދީ އަށް ދެވޭ ގޮތް ހަދައިފި

07 އޯގަސްޓް 2023

ޓޫރިޒަމްގެ ބޭނުމަށް ސައުދި އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދެވޭނެ ގޮތް އިއްޔެ ހަމަޖައްސައިދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓޫރިޒަމްގެ ބޭނުމަށް ސައުދި އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދެވޭނެ ގޮތް އިއްޔެ ހަމަޖައްސައިދީފި އެވެ.

ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް އެ ގައުމަށް ދަތުރުކުރުމަށް ވިސާގެ ލުއި އިތުރު 8 ގައުމަކަށް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ރާއްޖެ ހިމެނޭ ގޮތަށް، އަލްބޭނިއާ އާއި އާޒަރުބައިޖާނާއި ޖޯޖިއާ އާއި ކުރިގިސްތާނާއި ސައުތު އެފްރިކާ އާއި ތަޖަކިސްތާން އަދި އުޒުބެކިސްތާނަށެވެ.

އެ ގައުމުތަކަށް، ސައުދީން ޓޫރިސްޓުންނަށް ދޫކުރާ "ވިޒިޓާ ވިސާ" އޮންލައިންކޮށް އަދި އޮން-އެރައިވަލްގައި ވެސް ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ވިޒިޓާ ވިސާގެ ދަށުން ހުއްދަވާ ކަންތައްތައް

• ޓޫރިޒަމް

• އުމްރާގެ އަޅުކަން

• ވިޔަފާރި

• އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރުން.

އެ އިއުލާނުގައި ބުނި ގޮތުގައި، އެ ވިސާގެ ދަށުން ހައްޖުގެ އަޅުކަން އަދާ ނުކުރެވޭނެ އެވެ. އަދި ހައްޖުގެ ދުވަސްވަރު އުމްރާގެ އަޅުކަން ވެސް އަދާނުކުރެވޭނެ އެވެ. އެއްވެސް ތަނެއްގައި އުޖޫރު ލިބޭ ގޮތަށް މަސައްކަތް ކުރުން ވެސް މަނާ ވާނެ އެވެ.

ސައުދީ ސަރުކާރުން މިދިޔަ މަހު ވަނީ އެ ގައުމުގެ ޓޫރިޒަމް ކުރިއެރުވުމަށް ވިސާގެ ލުއި ދޭން ނިންމައި އެކަން އިއުލާން ވެސް ކޮށްފަ އެވެ.