05 އޯގަސްޓް 2023
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ފަށަައިފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ފަށަައިފި އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްދައުރެއް އަދާކުރައްވާ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުންނާއި ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މަޝްވަރާ ބައްދަލުވުމެއް މީގެ އިރުކޮޅެއް ކުރިން ކުނޫޒްގައި ބޭއްވި އެވެ. އެ މަޝްވަރާ ބައްދަލުވުމުގައި ޑިމޮކްރެސްޓްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.
ގާސިމާ އެކު މަޝްވަރާތައް ކުރުމަށް ފަހު، ޑިމޮކްރެޓްސްގެ އިސް މެމްބަރު ޝިފާޒް މިއަދު ހަވީރު ކުނޫޒުން ނުކުމެވަޑައިގަންނަވަނީ.
ޖޭޕީ އާއި ޑިމޮކްރެޓްސްގެ މި ނިންމުމާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ.
ޑިމޮކްރެޓްސް އުފެދުމުގެ ކުރިން ވެސް ނަޝީދުގެ ފިކުރުގެ އިސްބޭފުޅުން ޖޭޕީއާ ގުޅިގެން ކުރިއަށް ދިއުމުގެ މަޝްވަރާތައް ކޮށްފައި ވެ އެވެ. އެކަމަކު، އެ މަޝްވަރާތައް ވަކި ހިސާބަކުން މެދުކެނޑުނީ އެވެ. ނަމަވެސް އެއްކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ ބައްދަލުވުމެއް ގާސިމް އިސްނަންގަވައިގެން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޑިމޮކްރެޓްސް އާއި އެމްއެންޕީ އަދި ޖޭޕީން ކުރި އެވެ. އެކަމަކު އެ ބައްދަލުވުމުން ވެސް އުންމީދުތަކެއް ދިނުމަށް ފަހު ވަކި ކޮޅެއްގައި ނުޖެހި ނިމުނީ އެވެ.
ގާސިމާ އެކު މަޝްވަރާތައް ކުރުމަށް ފަހު، ޑިމޮކްރެޓްސްގެ އިސް މެމްބަރު މެދުހެންވޭރު ދާއިރާގެ މެމްވަރު އާޒިމް މިއަދު ހަވީރު ކުނޫޒުން ނުކުމެވަޑައިގަންނަވަނީ.
ރިޔާސީ އިންތިހާބަށް ޖޭޕީއާ އާއި ޑިމޮކްރެޓްސް ގުޅިގެން ކުރިއަށް ދިއުމުގެ މަޝްވަރާތައް ފެށިއިރު، ދެ ޕާޓީގެ ވެސް ރިޔާސީ ކެންޑިޑޭޓަން ވަނީ ކަނޑައަޅައިފަ އެވެ. ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެމްވަރު އިލްޔާސް ލަބީބެވެ. އެކަމަކު ދެ ޕާޓީން ވެސް ރަނިންމޭޓް އަދި އިއުލާނެއް ނުކުރެ އެވެ. އިލްޔާސްގެ ރަނިންމޭޓަކަށް ހަމަޖައްސަން ނިންމީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް ވެ އެވެ.
ޑިމޮކްރެޓްސް އާއި ޖޭޕީ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުއްލިއަކަށް ފެށިއިރު، ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސަވަން ނިންމެވިކަން އެ ޕާޓީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅުމުގެ ސުންގަނޑި ހަމަވާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ދޭއް ޖަހާއިރަށެވެ. އެކަމަކު، މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެ ކަމަކު އެ މަނިކުފާނުގެ މައްޗަށް އައިސްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލައާ ގުޅިގެން ކެންޑިޑެސީ ބަލައިނުގަނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ފޯމު ބޭރުކޮށްލައިފަ އެވެ. އެހެންވެ، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. ޝަރީއަތުގެ އަޑުއެހުންތައް ރޭ ނިންމައި މާދަމާ ހުކުމް ކުރާނެ ކަމަށް ބެލެވެ އެވެ.
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ
ގާސިމާއި ނަޝީދާއި ނާޒިމް މިއަދު ބައްދަލުކުރައްވަނީ
ބަރުލަމާނީ ހުރަހާ އެކު ގާސިމާ ދެކޮޅަށް ނަޝީދު؟
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން
ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެ ފަހަތުގައި: ގާސިމް
އެހެން މީހަކަށް ވެރިކަން ލިބެން ނަޝީދު ބޭނުން ނުވާނެ
ޗާގޯސް އެއްވުމުން ޑިމޮކްރެޓްސް ފެންނާނެ
ބަރުލަމާނީ ހުށަހެޅުމަށް ގާސިމަށް އެއްބަހެއް ނުވެވުނު
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!