Roadha Mihaaru
ބަރުލަމާނީ ހުރަހާ އެކު ގާސިމާ ދެކޮޅަށް ނަޝީދު؟

ބަރުލަމާނީ ހުރަހާ އެކު ގާސިމާ ދެކޮޅަށް ނަޝީދު ނުކުންނަވަނީ؟

23 މެއި 2023

އަމާޒު ހިފި ސިޔާސީ ބަދަލު، ބައްދަލުވުންތަކުން ސާފެވެ; ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިޔާސީ ދައުރަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރެއްވީ އެވެ. މަޝްވަރާގެ މޭޒުން ދެ ލީޑަރުންގެ އެންމެ އަރިސް ބޭފުޅުންނާ އެކު ފެނުނު ހުދުކޮތަރަށް ފަހު ދެން އޮތީ ސިލްސިލާކޮށް ސުލްހަ އާއި އެއްބައިވުމުގެ ވާހަކަތަކެވެ. އެކަމަކު ހަމަ ކުއްލިއަކަށް ސިޔާސީ އެ ބޮޑު މަންޒަރު ފަނޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަމާޒު ހިފި ސިޔާސީ ބަދަލު، ބައްދަލުވުންތަކުން ސާފެވެ; ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިޔާސީ ދައުރަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރެއްވީ އެވެ. މަޝްވަރާގެ މޭޒުން ދެ ލީޑަރުންގެ އެންމެ އަރިސް ބޭފުޅުންނާ އެކު ފެނުނު ހުދުކޮތަރަށް ފަހު ދެން އޮތީ ސިލްސިލާކޮށް ސުލްހަ އާއި އެއްބައިވުމުގެ ވާހަކަތަކެވެ. އެކަމަކު ހަމަ ކުއްލިއަކަށް ސިޔާސީ އެ ބޮޑު މަންޒަރު ފަނޑުވެއްޖެ އެވެ.

ސަރުކާރެއް އެކުލަވާލަން މަންދޫބުން މެދުވެރިކޮށް ހުށަހެޅި ކަރުދާހާ އެކު މަޝްވަރާ މަޑުޖެހިއްޖެ އެވެ. އެއާ އެކު، ގާސިމާއި ނަޝީދު ހިމެނިވަޑައިގަންނަވާ އިއްތިހާދެއް އުފަންވެދާނެ ކަމާ މެދު ފެންމަތިވެފައި އޮތީ ސުވާލެކެވެ. ކޯލިޝަން ވެރިކަމެއްގައި ހިތި ތަޖުރިބާއެއް އޮތް ދެ ލީޑަރުން އަލުން އިއްތިހާދުވުމުގައި ގާސިމަށް ހުއްޓުން އެރީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލަން ނަޝީދު ކުރި ޝަރުތެވެ.

އޭގެ ފަހުން އެމްޑީޕީގެ ތެރެއިން ނަޝީދު އިއުލާންކުރެއްވި "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއަކަށް ބަދަލުވަނީ އެވެ. އަމާޒަކީ ދަ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރެ އިންތިހާބު ކާމިޔާބު ކުރުމެވެ. އެއީ ނަޝީދު ކަމެއް ނުވަތަ އެހެން ބޭފުޅަކު ކަމެއް އަދި ނޭނގެ އެވެ. ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވިޔަސް ނަޝީދުގެ ނިންމެވުން މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ.

ޕެރެޑައިސް ރިސޯޓުގައި ނަޝީދާއި ގާސިމްގެ މަޝްވަރާތައް ހިނގިއިރު ގާސިމް ގެންގުޅުއްވާ ހުދު ކޮތަރުތަކާ އެކު ދެ ބޭފުޅުން ވަގުތު ހޭދަކުރައްވަނީ. -- ފޮޓޯ | ޖޭޕީ

ޕެރެޑައިސް ރިސޯޓުގައި ނަޝީދާއި ގާސިމްގެ މަޝްވަރާތައް ހިނގިއިރު ގާސިމް ގެންގުޅުއްވާ ހުދު ކޮތަރުތަކާ އެކު ދެ ބޭފުޅުން ވަގުތު ހޭދަކުރައްވަނީ. -- ފޮޓޯ | ޖޭޕީ

ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް މަސްރަހު ފުރޮޅިގެންދާއިރު ނަޝީދުގެ ސިޔާސީ ކުރިމަގަށްޓަކައި އަޅުއްވަން ނިންމެވި ފިޔަވަޅު ގާސިމަށް ހުރަހަކަށް ވެސް ވެދާނެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުން "މިއީ ގާސިމަށް ރަނުގެ ފުރުސަތު" ކަމަށް ނަޝީދު ވިދާޅުވެ ތާއީދު އޮތް ކަން ހާމަކުރެއްވިޔަސް ސަޕޯޓަރުންނަށް ޕާޓީން ދޭ އުއްމީދަކީ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ނުކުންނަވާނެ ކަމެވެ.

ޖޭޕީ އާއި ޑިމޮކްރެޓްސް އިން ވަކިވަކިން ރިޔާސީ ކެންޑިޑޭޓުން ނެރެ އިންތިހާބުގައި ވާދަކުރާ ނަމަ ގުޅިފައިވާ ސަރުކާރެއް އެކުލަވާލަން ކުރި އުއްމީދަށް މިވީ ކިހިނެއް ހެއްޔެވެ؟

ދެ ޕާޓީގެ ވެސް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މިސްރާބު ކަފިވިތަން ފެނުނަސް "ވާހަކަތައް އަދި ނުނިމެ" އެވެ.

"ނަޝީދު ބޭނުންފުޅުވީ ކަށަވަރު ކަމެއް"

ޖުމްހޫރީ ޕާޓީއާ އެކު ނަޝީދުގެ މަންދޫބުން މެނިފެސްޓޯ އެކުލަވާލުމާއި މަޖިލީހުގައި ޖޮއިންޓް ޕާލަމަންޓްރީ ގްރޫޕެއް އެކުލަވާލައި އެކުގައި މަސައްކަތް ކުރުމާއި ދެބައި މީހުން ގުޅިގެން އެކުލަވާލާ ސަރުކާރުގެ ސިފަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.

ނަޝީދު ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ބަދަލުތައް ގެނެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށެވެ. މި ޝަރުތާ އެކު ޖުމްހޫރީ ޕާޓީ ހިމޭންވިޔަސް އިންތިހާބަށް މަޝްވަރާތައް އަދި ނުނިމޭ ކަން ޑިމޮކްރެޓްސްގެ ތަރުޖަމާން އަފްޝަން ލަތީފް އިއްޔެ ޕްރެސް ކޮންފަރެންސްގައި އޮތީ ވިދާޅުވެފަ އެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ ފަރާތުން ކަށަވަރުވި ގޮތުގައި ނަޝީދު އިސްވެ ގާސިމާ އެކު ކުރެއްވި މަސައްކަތުގައި އެންމެ ބޮޑު އަމާޒަކަށް ވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް އެ މަނިކުފާނުގެ ފަހަތްޕުޅަށް ނާރާނެ ކަމުގެ ޔަގީންކަން ހޯއްދެވުމެވެ. އެކަން "ފިކުރެއްގެ ދިރުން" ހަރަކާތުން ޔަގީން ވެސް ކުރި އެވެ. ކާމިޔާބު ވެސް ކޮށްފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސިޔާސީ ގުޅުން ހީނަރު ކޮށްލެވިއްޖެ އެވެ.

ނަޝީދުގެ ފެކްޝަނުން، ޖޭޕީގެ އިސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަޝީދުގެ ފެކްޝަނުން، ޖޭޕީގެ އިސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެން އޮތީ ގާސިމް ވެރިކަމަށް ގެނައުމަށް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތާއީދު ކުރެއްވުމެވެ. މިކަން ކުރެވެން އޮތީ ނަޝީދުގެ ސަޕޯޓަރުންގެ ވެސް ހިތްހަމަޖެހުން އޮންނަ ގޮތަކަށެވެ. އެއީ އެ މަނިކުފާނު ރާއްޖެ އަށް ގެންނަން ބޭނުންވާ އަދި އަބަދުވެސް ވަކާލާތު ކުރައްވާ ބަރުލަމާނީ އަށް ގާސިމަށް ޝަރުތު ކުރުމެވެ.

ޕާޓީގެ ނަމާއި އަސާސްތަކުގައި ވެސް ރިޔާސީ ނިޒާމަކަށް ވަކާލާތުކުރާ ޖުމްހޫރީ ޕާޓީގެ މަޝްވަރާ މޭޒުގައި ބަރުލަމާނީ ކަރުދާސް ބޭއްވިއިރު ވެސް ފަސޭހަ ކަމެއް ނޫން ކަން ދެބައި މީހުންނަށް އެނގެ އެވެ.

ރާއްޖޭގެ ސިޔާސީ ހަޔާތުގައި ނެގި ނިޒާމީވޯޓާ މެދު އެންމެވެސް ސުވާލު އުފައްދާ. އަލުން އެ ވޯޓު ބާއްވަން ޖެހެއޭ ބުނަނީ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް މައްސަލައެއް ނެތީމަ. ރިޔާސީއަކަށް ނިންމިޔަސް ބަރުލަމާނީއަށް ނިންމިއަސް މައްސަލައެއް ނެތޭ, އެކަމަކު ރައްޔިތުންގެ ގާތުން އަހާލަން ވެއްޖެއެއް ނޫންހޭ. ނުވަތަ ގޮތެއް ނިންމަން ޗާންސެއް ދޭން ވެއްޖެއެއް ނޫންހޭ މިއީ އަޅުގަނޑުމެން މިއެދޭ ވާހަކައަކީ.

އެކަމަކު ބަރުލަމާނީ އަށް އެއްބަސްވުން ފިޔަވައި ނަޝީދު, ޖޭޕީގައި އެދިވަޑައިގަންނަވާ މާބޮޑު އެހެން ކަމެއް ނެތެވެ. ބަރުލަމާނީ ކަރުދާހުގައި އެކަން ކުރާނެ ގޮތާއި މުއްދަތާއި ގާނޫނުއަސާސީ އަށް ގެންނަން އެދިވަޑައިގަންނަވާ ބަދަލުތައް ލިޔުއްވާފައި ޖޭޕީއާ ހިއްސާ ކުރެއްވިޔަސް އެކަމުގައި އެ ޕާޓީގެ ޖަވާބެއް މިއަދާ ހަމައަށް ވެސް ނެތެވެ. ފުރަތަމަ ބުރުގައި ޖޭޕީއާ އެކު ކޯލިޝަން ހަދަން ސިޔާސީ ޕާޓީތަކުން މާބޮޑު ޝައުގުވެރިކަމެއް ނުދެއްކުމުން އިންތިހާބު ކާމިޔާބުކުރަން ނަޝީދުގެ ތާއީދު މުހިއްމު ކަމަށް ދެކޭތީ "ތިކަން ވާކަށް ނެތޭ ސީދަލަށް ނުބުނެ" އެވެ.

ބަރުލަމާނީގެ ޖަވާބު ލިއުމުން ނަޝީދު ބޭނުންފުޅުވިޔަސް އެކަން ޖޭޕީން އަދި ނުކުރެ އެވެ. އެހެންވެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ވެސް ޖޭޕީން ނުކުރާނެ ކަމެއްގެ ގޮތުގައި ނަޝީދުގެ އަރިސް ބޭފުޅުން މިހާތަނަކަށް ނުނިންމަވަ އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ ހަދަން ހުއްދައަށް އެދި އިލެކްޝަނަށް ފޯމު ހުށަހަޅަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ ހަދަން ހުއްދައަށް އެދި އިލެކްޝަނަށް ފޯމު ހުށަހަޅަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ހިސާބުގައި އެކަން ބާއްވާފައި ގާސިމް ސުވާލު އުފެއްދެވީ އިއްތިހާދުވާ އިރު އެ ޕާޓީން "ފިކުރެއްގެ ދިރުން" ހަރަކާތާ އެކު ސޮއިކުރާނެ ގާނޫނީ ހައިސިއްޔަތާކާ މެދު އެވެ. އެމްޑީޕީ ތެރެއިން ނުކުތް އެ ފެކްޝަނުގައި ޕާޓީގެ ސިޔާސީ އިސް ދެ މަގާމް, ރައީސާއި ނައިބު ރައީސް ހިމެނިވަޑައިގަތަސް މެމްބަރުން އޮތީ ޕްރައިމަރީގައި ރިޔާސީ ކެންޑިޑޭޓަކު ހޮވައިފަ އެވެ.

އެހެންކަމުން "ފިކުރެއްގެ ދިރުން" މަޝްވަރާގައި ބައިވެރިވެވަައިގަތީ އެމްޑީޕީގެ ގޮތުގައި ބަލައި ކުރިއަށް ވަޑައިގަތުމަށް ގާސިމަށް ދަތިވުމުން އުފެއްދެވި ސުވާލަށް އޮތް ޖަވާބަކީ "ދަ ޑިމޮކްރެޓްސް" އެވެ.

އެކަމަކު، އެ ހައްލު ހޯދާފައި ނަޝީދުގެ ފިކުރުގެ މީހުންގެ ކެންޑިޑޭޓަކު ނެރެނީ ކީއްވެ ހެއްޔެވެ؟

ސިޔާސީ ޕާޓީތައް އުފައްދަނީ އިންތިހާބުތަކުގައި ވާދަކޮށް، މޮޅުވުމަށެވެ. އެ ނޫން އަމާޒެއް ޑިމޮކްރެޓްސްގެ ވެސް އޮވެގެންވާނެ ކަމަކަށް އުފައްދަވާ ބޭފުޅުން އަދި ޕާޓީއާ ގުޅެން ތިބި މެމްބަރުން ވެސް ގަބޫލެއް ނުކުރާނެ އެވެ.

ޖޭޕީއާ އެކު މަޝްވަރާތައް ނުނިމޭ ކަމަށް ވިދާޅުވަނީ ބަރުލަމާނީ އުއްމީދާ ވެސް އެކުގަ އެވެ.

"ރާއްޖޭގެ ސިޔާސީ ހަޔާތުގައި ނެގި ނިޒާމީ ވޯޓާ މެދު އެންމެން ވެސް ސުވާލު އުފައްދާ. އަލުން އެ ވޯޓު ބާއްވަން ޖެހެއޭ ބުނަނީ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް މައްސަލައެއް ނެތީމަ. ރިޔާސީއަކަށް ނިންމިޔަސް ބަރުލަމާނީ އަށް ނިންމިއަސް މައްސަލައެއް ނެތޭ, އެކަމަކު ރައްޔިތުންގެ ގާތުން އަހާލަން ވެއްޖެއެއް ނޫންހޭ. ނުވަތަ ގޮތެއް ނިންމަން ޗާންސެއް ދޭން ވެއްޖެއެއް ނޫންހޭ މިއީ އަޅުގަނޑުމެން މިއެދޭ ވާހަކައަކީ," މެމްބަރަކު ވިދާޅުވި އެވެ.

"އެގޮތަށް އެދެނީ އެ ހައްގަށް އެދޭ ބައިވަރު ރައްޔިތުންތަކެއް ތިބީމާ, އެ މީހުންނަށް ތަސައްލީއެއް ލިބޭ ނިޒާމީ ވޯޓު ބޭއްވީމަ. ނަތީޖާ މުހިއްމެއް ނޫން."

"ބަރުލަމާނީ އަށް ގާސިމް ދީލައެއް ނުލާނެ"

ނަޝީދުގެ ކަރުދާހުގެ ޖަވާބު ހިފަހައްޓައިގެން ޖޭޕީން ތިބިއިރު ޕާޓީގެ ލީޑަރު ގާސިމަކީ އެ ނިޒާމާ ސީދާ ދެކޮޅު ބޭފުޅެކެވެ. ނިޒާމު ބަދަލުކުރުމުގެ ވާހަކަ ނަޝީދު ވާހަކަފުޅު ދެއްކެވި ކޮންމެ ފަހަރަކު ވެސް "އަމިއްލަ އެދުން ފިޔަވައި އިތުރު ކަމެއް އެ ނިޒާމަކު ނެތް" ކަމަށް ގާސިމް ވިދާޅުވެ، ރައްދު ދެއްވި އެވެ.

އެކި ފަހަރުމަތިން ގާސިމް ވިދާޅުވެފައިވާ ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެންނަން އުޅުނަސް އެކަން ނުކުރެވޭނެ އެވެ. އެއީ ރައްޔިތުންނަށް ފައިދާ އޮތް ނިޒާމެއް ނޫނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު

"ބަރުލަމާނީ ނިޒާމް ގެނައުން މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން ރާއްޖޭގެ ނިޒާމަށް ބަލާއިރު. މިއީ އެއްގޮތަކަށް ވެސް ތާކުންތާކު ޖެހޭ ހެޔޮވާވަރުގެ ކަމެއް ނޫން," ބަރުލަމާނީ ނިޒާމުގެ ދޯހަޅިކަން ދައްކަވައި ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމްގެ އެ ވާހަކަތަކާއި ރިޔާސީ ނިޒާމަކަށް މަޖިލީހުގެ ތެރެއިން ކުރެއްވި މަސައްކަތަށް ބަލާއިރު ނަޝީދު އެދިވަޑައިގަންނަވާ ބަރުލަމާނީ ނިޒާމަށް ގާސިމް އެއްބަސްވެވަޑައިގަތުމަކީ ވުން ދުރު ކަމެކެވެ.

އިއްތިހާދެއް ނުވެވޭނެ؟

ޖޭޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް "މިހާރު" އަށް ވިދާޅުވީ މިވަގުތަށް މަޝްވަރާ މަޑުޖެހިފައި އޮތަސް ނަޝީދުގެ މަންދޫބުންނާ އެކު ކުރިއަށް ދިޔަ ވާހަކަތައް ނުހުއްޓޭ ކަމަށެވެ.

"މަޝްވަރާތަކެއް ނުއެއް ހުއްޓޭ އިނގޭތޯ. އަޅުގަނޑުމެންގެ ޓޭބަލްގައި ހަމަ އެބައޮތް. އޭރު މަޝްވަރާ ކުރެވެމުން ގޮސް މި ބޭފުޅުންގެ ޕާޓީ ހެއްދެވުމުގެ މަސައްކަތަށް އެނބުރި ވަޑައިގެން އެ ވަގުތަށް މަޑުޖެހިފައި އޮތަސް އަޅުގަނޑުމެން އުއްމީދު ކުރަނީ ވާހަކަތައް ކުރިއަށް ދާނެ ކަމަށް," އަމީން ވިދާޅުވި އެވެ.

އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އަދިއެއް އެ މަނިކުފާނުގެ ފިކުރު [ރިޔާސީ ނިޒާމް ނޫން] އެހެން ގޮތަކަށް ބަދަލުވި ކަމަކަށެއް. ދެން ކަމެއް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑަކަށް މިހާތަނަށް އައިއިރުގަ އެ ނޫން ގޮތަކަށް ވާހަކަފުޅު ދެއްކެވި ތަނެއް ނުފެނޭ. އެހެންވީމަ ޔަގީންކުރަނީ އަދިވެސް އެމަނިކުފާނު އެހުންނެވީ އެ ޕްރިންސިޕަލް މަތީގައޭ. -- އަމީން

ޑިމޮކްރެޓްސް އިން ވެސް ރިޔާސީ ކެންޑިޑޭޓަކު ނެރެނީތޯ ސާފުވާނީ ދެން އަނެއްކާވެސް ވާހަކަތައް ފެއްޓުމުން ކަމަށް އަމީން ވިދާޅުވި އެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީންނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ މަޝްވަރާތައް މިވަގުތަށް މަޑުޖެހިފައި އޮތަސް ކުރިއަށް އޮތް ތަނުގައި ހިނގާނެ ކަމަށް. ---ފޮޓޯ: ޖޭޕީ

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީންނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ މަޝްވަރާތައް މިވަގުތަށް މަޑުޖެހިފައި އޮތަސް ކުރިއަށް އޮތް ތަނުގައި ހިނގާނެ ކަމަށް. ---ފޮޓޯ: ޖޭޕީ

"ބަރުލަމާނީއަށް އެއްބަސްވެވިދާނެތަ"؟

ރިޔާސީ ނިޒާމަކީ މިވީހާ ތަނަށް ގާސިމް ވަރަށް ބޮޑަށް އެޑްވޮކޭޓް ކުރެއްވި ކަމެއް ކަން އަމީން ފާހަގަކުރެއްވި އެވެ. ހާއްސަ މަޖިލިހުގެ ރައީސްކަމުގައި ގާސިމް ހުންނަވަނިކޮށް، އާ ގާނޫނުއަސާސީއާ އެކު ރިޔާސީ ނިޒާމު ގެންނެވުމަށް މަޖިލިހުގައި އިސް ދައުރެއް އޭނާ އަދާކުރެއްވި އެވެ.

"އެ ނިޒާމު އިތުރަށް ފުރިހަމަކޮށް ވަރުގަދަކުރެއްވުމަށްޓަކައި މުއައްސަސާތައް ހަރުދަނާކުރަން އެކަށީގެންވާ ގާބިލު ބޭފުޅުން ލެއްވުމަށް ވަކާލާތު ކުރައްވާ. އެއާ އެކީގައި މެކޭނިޒަމް އިތުރަށް ތަރައްގީ ކުރުމަށް ކަމާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތައް އެސްޓަބްލިޝް ކުރުމަށް. މިގޮތަށް އެޑްވޮކޭޓް ކުރައްވާފައި ހުންނެވީ. އެހެންވީމާ ގާސިމް މިހާތަނަށް ގަބޫލުފުޅުކުރެއްވީ ވެރިކަން ހިންގުމުގެ ނިޒާމުގެ މައްސަލަ އަށް ވުރެ ބޮޑަށް މި އުޅެނީ މި ނިޒާމު ހިންގުމާ ހަވާލުވާ މީހުންގެ މައްސަލައެއް ކަމަށް." އަމީން ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އަދިއެއް އެ މަނިކުފާނުގެ ފިކުރު އެހެން ގޮތަކަށް ބަދަލުވި ކަމަކަށެއް. ދެން ކަމެއް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑަކަށް މިހާތަނަށް އައިއިރުގަ އެ ނޫން ގޮތަކަށް ވާހަކަފުޅު ދެއްކެވި ތަނެއް ނުފެނޭ. އެހެންވީމާ ޔަގީން ކުރަނީ އަދިވެސް އެ މަނިކުފާނު އެހުންނެވީ އެ ޕްރިންސިޕަލް މަތީގައޭ. އެ ސިޔާސަތުގެ މަތީގަކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި ވާހަކަފުޅު ދައްކަވާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި ވާހަކަފުޅު ދައްކަވާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ގާސިމް ވިސްނުން ބަދަލު ނުކުރައްވާނެ އަނެއް ކަމަކީ, އަމީން ވިދާޅުވި ގޮތުގައި, ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަނުކުރައްވައި ޑިމޮކްރެޓްސް އިން ނެރޭ ކެންޑިޑޭޓެއްގެ ފަހަތަށް އެރުމެވެ.

"އަޅުގަނޑަކަށް ހިއެއްނުވޭ އެއީ ޕޮސިބަލް ކަމެއް ހެނެއް އެއްވެސް ހާލެއްގައި. އަޅުގަނޑުމެން އެ އޮތީ ނިންމާފައި. އަޅުގަނޑުމެންގެ ކެންޑިޑޭޓް އެ ހުރީ ނުކުމެވަޑައިގެންފައި. އެހެން މީހެއްގެ ފަހަތަށް ނުވަތަ އެހެން ބައެއްގެ ފަހަތަށް އަރުއްވަފާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގޭ އެ ބޭފުޅުން އެ ވިދާޅުވާ ވިދާޅުވުމެއްގެ ހަރުދަނާކަން ހުރި މިންވަރެއް އަދިއެއް ކެންޑިޑޭޓެއް ނެރުމުގައި."

ދަ ޑިމޮކްރެޓްސް އުފައްދަނީ ބަރުލަމާނީ އަށް އެއްބަސްނުވެވިގެން ކަމަކަށް ވެސް ޖޭޕީން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީ އުފެއްދުމާ ގުޅޭ ގޮތުން އެ ޕާޓީގެ ވިސްނުން ހާމަކުރަން އަދި ބޭނުމެއް ވެސް ނުވެ އެވެ.

އަމީން ވިދާޅުވި ގޮތުގައި ނަޝީދުގެ މަންދޫބުންނާ އެކު ކުރި މަޝްވަރާތަކުގައި އެއްވެސް ކަމަކަށް ދެބައި މީހުން ގޮތެއް ނިންމާފައެއް ނެތެވެ. ވާހަކަތައް އުޅެނީ ވަރަށް ކުރީ މަރުހަލާއެއްގައި ކަން ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އަދި ތި ހިސާބަކަށް ރަނިންމޭޓަކު ކަނޑައެޅުމާ ހިސާބަށް ނުދޭ އިނގޭތޯ. އެ އަށް ވުރެ ފަންޑަމެންޓަލް ކަންތައްތަކެއް ދެއްތޯ މި އުޅެނީ،" އަމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވީ މިހާތަނަށް ވާހަކަ ދެއްކީ ކޯލިޝަނެއް ހަދަން ނުވަތަ އެކުގައި މަސައްކަތް ކުރުމާ މެދުގައި ކަމަށެވެ. ފިކުރެއްގެ ދިރުމުގެ ގާނޫނީ ހައިސިއްޔަތަކީ ޖޭޕީން އުފެއްދި ސުވާލެއް ކަމަށާއި ޑިމޮކްރެޓްސްއަކީ އެ އަށް "ވަރަށް ރަނގަޅު ޖަވާބެއް" ކަމަށް އަމީން ދެކެވަޑައިގަންނަވަ އެވެ.

އެކުގައި މަސައްކަތް ކުރެވިދާނެ ކަމުގެ އުއްމީދު ޖޭޕީ އާއި ޑިމޮކްރެޓްސް އިން ދޫކޮށްނުލިޔަސް ހުރަސް އޮތީ ބަރުލަމާނީ ނިޒާމާ ހިސާބުގަ އެވެ. ޖުމްހޫރީ ޕާޓީގައި މިހާރު ތިބި ގިނަ މެމްބަރުން އެ ޕާޓީއާ ގުޅުނީ ރިޔާސީ ނިޒާމަށް ތާއީދުކުރާތީ ކަމުގައި ބެލުމުގެ ފުރުސަތު ޕާޓީގެ އަސާސްތަކަށް ބަލާއިރު އެބައޮތެވެ. އެ ފިކުރު ކަމުގޮސްގެން ޕާޓީ އަށް ވަން ބަޔަކު ކުއްލިއަކަށް ބަރުލަމާނީ ނިޒާމަށް ބަދަލުވާން އެއްބަސްވެދާނެ ހެއްޔެވެ؟

އެ ޕާޓީގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވަނީ ނަޝީދާ އެކު އިއްތިހާދު ނުވެވުނަސް ރިޔާސީ ނިޒާމުގެ ސިފައަކީ ލީޑަރު ގާސިމާއި ޖުމްހޫރީ ޕާޓީން ވެސް ދޫކޮށްލާނެ އަސާސެއް ނޫނެވެ. އެކަމަކު އާ ޕާޓީ ވުޖޫދު ކުރުމުގެ މަސައްކަތާ އެކު ނަޝީދު އެންމެ ފުރަތަމަ ވެސް ދެއްކެވީ ބަރުލަމާނީ ވޯޓެއްގެ މުހިންމުކަން ކުރިމަތިވެފައި އޮތް ވަރު ވާހަކަ އެކެވެ.

އެހެންކަމުން އިއްތިހާދެއް އުފަން ނުވެ ވާހަކަތައް ނިމުމުގެ ސިއްކަ ޖެހިދާނެ ހިސާބަކަށް ހަމަ އޮތީ ބަރުލަމާނީ ނިޒާމެވެ. މަޝްވަރާތައް އަލުން ފެށުމުން ދެން ވާން އުޅޭ ގޮތް ސާފުވާނެ އެވެ.