03 އޯގަސްޓް 2023
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހަމަޖައްސަވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހަމަޖައްސަވައިފި އެވެ.
ގާސިމްގެ ސްޕެޝަލް އެޑްވައިޒަކަށް ވެސް އަލީ ވަހީދު އިއްޔެ ވަނީ ހަމަޖައްސަވައިފަ އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ގާސިމްގެ އިންތިހާބީ އެޖެންޓްކަމުގެ ލިޔުން ގާސިމާ ހަވާލު ކޮށްދެއްވީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފުލާއެއްގައި ގާސިމެވެ.
ޖޭޕީގެ ރައީސްގެ މަގާމުގައި އަލީ ވަހީދު ހުންނަވަނިކޮށް، އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާއަށް މަގާމު ގެއްލުނީ އެވެ. ނަމަވެސް، އޭނާއަކީ އަދިވެސް އެ ޕާޓީގެ މެމްބަރެކެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށް، ދައުވާ އުފުލުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅުއްވުމަށް ފަހު އަލީ ވަހީދު އެނބުރި މާލެ ވަޑައިގަތީ މިދިޔަ މަހުގެ 11 ގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އެ ދައުވާތައް ނުކުރެވޭ ކަމަށް ކަނޑައެޅުމުންނެވެ.
ރާއްޖެ ވަޑައިގެންނެވި ދުވަހު އަލީ ވަހީދު ވިދާޅުވީ އޭނާ ދެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށާއި ބޮޑަށް އުޅުއްވާނީ ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުގައި ކަމަށެވެ.
އަލީ ވަހީދު ޖޭޕީން ވަކިވެއްޖެ
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް