02 އޯގަސްޓް 2023
ކޯލިޝަން ހެދުމަށް ޕާޓީތަކަށް އަދި ވެސް ފުރުސަތު އެބައޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކޯލިޝަން ހެދުމަށް ޕާޓީތަކަށް އަދި ވެސް ފުރުސަތު އެބައޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އާއި ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން، ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ގިނަ ޕާޓީތަކުން އިއުލާނުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ކޯލިޝަން ހެދުމަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ފަހު ނިންމުން ހުކުރު ދުވަހު ނިންމާތީ، އެހާތަނަށް ހުރިހާ ޕާޓީތަކަށް ވެސް ކޯލިޝަން ހެދުމަށް މަރުހަބާ ކިޔާނެ ކަމަށް، ހަނިމާދޫގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތް ވަރަށް ސާފުކޮށް ޓީވީތަކުންނާއި މަންޒަރު ބައްލަވާ ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެހެން. ރައްޔިތުން އެދި ތިބީ މި ތަރައްގީއާ އެކީގައި، މި ސުލްހަވެރިކަމާއެކީގައި ކުރިއަށްދާން. އެހެންވީމަ، ޒިންމާދާރު ސިޔާސީ ބޭފުޅުން، ލީޑަރުން ފައިނަލް ޑިސިޝަން ނަންގަވާއިރު މި ހުރިހާ އެއްޗަކަށް ބައްލަވާނެ. އެހެންވީމަ، ކުރިއަށް މިއޮތް ދެ ދުވަސް ބައްލަވަމާ ދެއްތޯ." އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމް ގުޅިގެންނެވެ. ނަމަވެސް، އެ ޕާޓީތަކުގެ ތެރެއިން ރައީސަށް ދެ ވަނަ ދައުރެއް ދިނުމަށް މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. އޭގެ އިތުރަށް ދެން ހިމެނެނީ އެމްޑީއޭ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއާރުއެމް އިން، އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.
މި ސަރުކާރު ނޫނީ ޓެސްޓު ކުރެވުނު ސަރުކާރެއް ނެތް
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ