Roadha Mihaaru
މިލަންދޫގައި އެއާޕޯޓު އަޅަން ޓެކްނިކަލް ސާވޭ ހަދަނީ

މިލަންދޫގައި އެއާޕޯޓު އަޅަން ޓެކްނިކަލް ސާވޭ ހަދަން ނިންމައިފި

31 ޖުލައި 2023

ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ޓެކްނިކަލް ސާވޭ ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ށ. މިލަންދުން އާސިމާ ނިޒާރު

ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ޓެކްނިކަލް ސާވޭ ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، މި ރަށުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ 2،648 މީހުން ދިރިއުޅޭ މިލަންދޫގައި އެއާޕޯޓެއް އަޅައިދިނުމަށް މި ރަށު ރައްޔިތުންނާއި ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ.

އެކަމުގެ ޓެކްނިކަލް ސާވޭ ހެދުމަށްފަހު، އަދި އެއީ ކުރެވޭ ކަމެއްތޯ ބެލުމަށްފަހު އެއާޕޯޓު އެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.

މި ރަށުގައި އެއާޕޯޓު އެޅުމުގެ އިޝާރާތެއް ރައީސް ދެއްވިއިރު، މި ރަށުން ލޯންޗެެއްގައި 15 މިނެޓުން ދެވޭ ފުނަދޫގައި ވެސް އެއާޕޯޓެއް އެބަ ހިންގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި އެއާޕޯޓު އެއްކޮށް ނިންމައި ޓެސްޓު ފްލައިޓު ޖެއްސީ 2020 ވަނަ އަހަރެވެ.

ރައީސް ގެންދަވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފިނަމަ އިތުރު ރަށްރަށުގައި އެއާޕޯޓު އަޅައިދޭނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.