28 ޖުލައި 2023
ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު ތަރިން ކަމަށްވާ ރަޖުނީކާތު އާއި ތަމަންނާ ބާޓިއާ އެކުގައި ކުޅުނު ލަވަ "ކަވާލާ" އަށް ލިބޭ ތަރުހީބު ބޮޑުވެއްޖެ އެވެ.
ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު ތަރިން ކަމަށްވާ ރަޖުނީކާތު އާއި ތަމަންނާ ބާޓިއާ އެކުގައި ކުޅުނު ލަވަ "ކަވާލާ" އަށް ލިބޭ ތަރުހީބު ބޮޑުވެއްޖެ އެވެ.
އެ ލަވައަކީ ރަޖުނީކާތު އާއި ތަމަންނާ އެކުގައި ކުޅޭ ތަމަޅަ ފިލްމު "ޖެއިލާ"ގެ ލަވައެކެވެ. އެއީ އަންނަ މަހު 10 ގައި ސިނަމާތަކުގައި އަޅުވާ ފިލްމެކެވެ.
"ކަވާލާ" ފުލް ވީޑިއޯ ލަވަ އަދި ނުނެރެ އެވެ. އެ ލަވައިގެ ލިރިކަލް ވީޑިއޯ ޔޫޓިއުބަށް ދޫކޮށްލީ މީގެ ދެ ހަފުތާ ކުރިންނެވެ. އެ ލަވައަށް މިހާތަނަށް 75 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
އެ ލަވަ ވައިރަލް ވުމުން، އިއްޔެ ވަނީ އޭގެ ހިންދީ ވާޝަން ވެސް ނެރެފަ އެވެ. ހިންދީ ލަވައަށް ކިޔަނީ "ތޫ އާ ދިލްބާރާ" އެވެ.
ތަމަޅަ ލަވަ ކިޔާފައި ވަނީ ޝިލްޕާ ރާއޯ އާއި އަނިރުދު ރަވިޗަންދުރަ އެވެ. އަދި ހިންދީ ލަވަ ކިޔާފައި ވަނީ ސިންދޫ ސްރިނިވާސަން އާއި އަނިރުދެވެ.
ނެލްސަން ދިލިޕްކުމާރް ޑައިރެކްޓުކުރާ "ޖެއިލާ" އަކީ ރަޖުނީކާންތުގެ ސްޓައިލްގެ އެކްޝަން ކޮމެޑީ ފިލްމެކެވެ.
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ
ކަންގަނާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަނީ
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ
ރިއާނާ ބޭނުންވަނީ އަނެއްކާވެސް އިންޑިއާ އަށް ދާން
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
ޝާހުގެ އަންހެނުން ރެސްޓޯރެންޓެއް ހުޅުވައިފި
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
އާތިފް އަސްލަމް 7 އަހަރު ފަހުން ބޮލީވުޑަށް
އޭއާރް ރަހްމާން އޭއައި ބޭނުންކޮށްގެން ލަވައެއް ހަދައިފި