31 ޖެނުއަރީ 2024
އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާން އޭއައި ބޭނުންކޮށްގެން ކުރީގެ ދެ ލަވަކިޔުންތެރިއެއްގެ އަޑުން ލަވައެއް ހަދައިފި އެވެ.
އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާން އޭއައި ބޭނުންކޮށްގެން ކުރީގެ ދެ ލަވަކިޔުންތެރިއެއްގެ އަޑުން ލަވައެއް ހަދައިފި އެވެ.
އޭއާރް ރަހްމާން މި ލަވަ ތައްޔާރުކޮށްދިނީ އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ލާލް ސަލާމް" އަށެވެ. އެއީ ރަޖްނީކާންތުގެ ދަރިފުޅު، އައިޝްވާރިޔާ ރަޖްނީކާންތު ޑައިރެކްޓުކުރާ ފިލްމެކެވެ.
އޭއައި ބޭނުންކޮށްގެން ލަވައެއް ހެދިކަން އޭއާރް ރަހްމާން އިއުލާންކުރީ އޭނާ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އޭނާ ބުނީ އޭއައި ބޭނުންކޮށްގެން މި ލަވަ އަށް އަޅާފައި ވަނީ ދެކުނު އިންޑިއާގެ ކުރީގެ ލަވަކިޔުންތެރިން ކަމަށްވާ ބަންބާ ބަކްޔާ އާއި ޝަހުލް ހަމީދުގެ އަޑު ކަމަށެވެ. އަދި އެ ލަވައަށް އެމީހުންގެ އަޑު އެޅީ އާއިލާގެ ހުއްދަ ލިބިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"އެމީހުން އާއިލާއިން އަހަރެމެން ހުއްދަ ހޯދިން އަދި އެމީހުން ވޮއިސް އަލްގޮރިތަމްސް ބޭނުންކުރާތީ އެކަށީގެންވާ އަގެއް ވެސް ދިނިން. ޓެކްނޮލޮޖީ އަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ ނުރައްކަލެއް ނޫން،" އެ ޕޯސްޓުގައި އޭއާރް ރަހްމާން ބުންޏެވެ.
ނަމަވެސް މި ލަވައިގެ ނަމާއި އިތުރު ތަފުސީލެއް އޭނާ އާންމެއް ނުކުރެ އެވެ.
We took permission from their families and sent deserving remuneration for using their voice algorithms ..technology is not a threat and a nuisance if we use it right…#respect #nostalgia ? https://t.co/X2TpRoGT3l
— A.R.Rahman (@arrahman) January 29, 2024
ބަންބާ ބަކްޔާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން 2022 ވަނަ އަހަރުގަ އެވެ. އަދި ޝަހުލް ހަމީދު މަރުވީ ކާރު އެކްސިޑެންޓެއްގައި 1997 ވަނަ އަހަރުގަ އެވެ. އެ ދެމީހުންނަކީ ވެސް ތަމަޅަ ފިލްމުތަކަށް ލަވަ ކިޔައިގެން މަޝްހޫރުކަން ލިބުނު ދެމީހުންނެވެ.
އޭއާރް ރަހްމާން އޭއައި ބޭނުންކޮށްގެން ލަވައެއް ހެދުމުން ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، މިއީ ކުރީގެ މި ދެ ލަވަކިޔުންތެރިންގެ ހަނދާންތައް އާވާ، އުފާވެރި ކަމެކެވެ. އެކަމަކު، އަނެއް ބަޔަކު ބުނި ގޮތުގައި، މިއީ އިހުތިރާމް ކުޑަކުރުން ކަމަށާއި މިކަމުގެ ސަބަބުން މިއުޒިކް އިންޑަސްޓްރީގައި ތިބި ހުނަރުވެރިންނަށް ކުރިއަށް ދިއުމަށް ހުރަސްއެޅޭނެ އެވެ.
"ޕުޝްޕާ 2" ރިލީޒްކުރުމުގެ ކުރިން ބޮޑު އާމްދަނީއެއް
އެންޓީއާރާއި ޖާންވީގެ "ދޭވަރާ"ގެ ޓްރެއިލާ ނެރެފި
ތަމަޅަ ސިނަމާގެ ވަރުގަދަ ދެ ސުޕަސްޓާރުންގެ ފިލްމެއް
"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ
އަކްޝޭ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ
ރަޖްނީކާންތުގެ "ޖެއިލާ"ގެ ސީކުއެލްއެއް ގެނެސްދެނީ
"ޕުޝްޕާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދެނީ
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް
ރަޖްނީކާންތުގެ "ލާލް ސަލާމް" އަންނަ މަހު ނުވައެއްގައި
ސަމަންތާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި