01 ފެބުރުއަރީ 2024
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ހަތް އަހަރު ފަހުން ބޮލީވުޑްގެ ފިލްމަކަށް ލަވަ ކިޔަން ނިންމައިފި އެވެ.
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ހަތް އަހަރު ފަހުން ބޮލީވުޑްގެ ފިލްމަކަށް ލަވަ ކިޔަން ނިންމައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާތިފް ލަވަ ކިޔަނީ އަމިތު ކަސާރިއާ ޑައިރެކްޓުކުރާ ފިލްމެއް ކަމަށްވާ "ލަވް ސްޓޯރީ އޮފް ނައިންޓީސް" އަށެވެ. އެއީ 2022 ވަނަ އަހަރު މިސް ޔުނިވާސް އިންޑިއާގެ ޓައިޓަލް ކާމިޔާބުކުރި މޮޑެލް ދިވިތާ ރާއީ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އޭނާއާ އެކު ފިލްމުގެ ލީޑުން ފެންނާނީ އަދުޔާޔަން ސުމަން އެވެ.
އާތިފް އަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔައިގެން މަޝްހޫރުކަން ހޯދައި ގިނަ ބައެއްގެ ލޯބި ވެސް ހޯދި ލަވަކިޔުންތެރިއެކެވެ. އޭނާ ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔުން ހުއްޓާލީ 2016 ވަނަ އަހަރު ޕާކިސްތާނުގެ ފަންނާނުން އިންޑިއާގެ މަސައްކަތް ކުރުން އިންޑިއާގެ ސަރުކާރުން މަނާކުރުމުންނެވެ.
ނަމަވެސް، މިދިޔަ އަހަރު ބޮންބޭގެ ހައި ކޯޓުން ވަނީ ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ކުރުން މަނާ ނުކުރެވޭނެ ކަމަށް އަމުރުކޮށްފަ އެވެ.
"ލަވް ސްޓޯރީ އޮފް ނައިންޓީސް"ގެ ޕްރޮޑިއުސަރުން އަދި ދެބެއިން ކަމަށްވާ ހަރޭޝް ސަންގާނީ އަދި ދަރްމޭޝް ސަންގާނީ ބުނީ އާތިފް އެނބުރި ބޮލީވުޑަށް އައުމަކީ އޭނާގެ ފޭނުން ވަރަށް އުފާކުރާނެ ކަމެއް ކަމަށާއި މި ފިލްމުގެ ފުރަތަމަ ލަވަ ކިޔާނީ އޭނާ ކަމަށެވެ. އަދި މިއީ އެމީހުންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
އާތިފް، މި ފިލްމަށް ކިޔަނީ ލޯބީގެ ލަވައެކެވެ. އަދި މި އަހަރު މި ލަވަ އާންމުކުރާނެ އެވެ.
"ލަވް ސްޓޯރީ އޮފް ނައިންޓީސް" ރިލީޒްކުރާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
އާތިފް އަސްލަމްގެ ސިލްސިލާއެއް ހަމް ޓީވީއަށް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ޕާކިސްތާނުގެ ބަތަލާ ސަބާ ހައްޔަރުކުރަން ކޯޓު އަމުރެއް
ފަވާދާއި ކެޓްރީނާގެ "ރާތު ބާކީ" އަށް އެހެން ކާސްޓެއް
މާވެލްގެ "މިސް މާވެލް" ގެ ރޯލެއް ފަވާދަށް
ޕާކިސްތާނުގެ "ޒިންދަގީ ގުލްޒާރު ހޭ" އަލުން ޒީޓީވީ އަށް
ރޭކާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ކައިވެނިކުރަން އުޅުނު
މި މީހާ އައިޝްވާރިޔާއާ ވައްތަރުތަ؟
އިންޑިއާގެ ފަންނާނުންނަށް އެ ގައުމުން އިންޒާރެއް
ޕާކިސްތާންގެ ކުށްތައް ގުޅުވީ ބޮލީވުޑްގެ ފިލްމުތަކާ