Roadha Mihaaru
ޔާމީން ހުށަހެޅުއްވި ދެވަނަ މައްސަލަ ވެސް ބަލައެއްނުގަތް

ޔާމީން ހުށަހެޅުއްވި ދެވަނަ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބަލައެއްނުގަތް

25 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދު ބަލައިނުގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދު ބަލައިނުގަތުމަށް ނިންމައިފި އެވެ.

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮތުމުން އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ވެސް އެ ކޯޓުން އޮތީ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވެ އެވެ.

ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ކުރިން ކުރިއަށް ގެންދިޔަ އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ އެ ހުކުމް ބާތިލް ކުރުމުންނެވެ.