23 ޖުލައި 2023
މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް، ސްޕޮޓިފައިގެ ފީ ބޮޑުކުރަން އެ ކުންފުނިން ނިންމައިފި އެވެ.
މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް، ސްޕޮޓިފައިގެ ފީ ބޮޑުކުރަން އެ ކުންފުނިން ނިންމައިފި އެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕޮޓިފައިގެ އިންޑިވިޖުއަލް ޕެކޭޖުގެ އަގު 9.99 ޑޮލަރުން، 10.99 ޑޮލަރަށް ބޮޑުކުރަން އެ ކުންފުނިން ނިންމާފައިވެ އެވެ. ނަމަވެސް، އެންމެ ފުރަތަމަ ފީ ބޮޑުކުރަނީ އެމެރިކާއަށް އެކަންޏެވެ.
ސްޕޮޓިފައިގެ ފީ މި ބޮޑުކުރަނީ 12 އަހަރު ފަހުންނެވެ. މިހާރު ކަނޑައަޅާފައި އޮތް އަގުތަކަކީ 2011 ވަނަ އަހަރު އެ ޕްލެޓްފޯމް ތައާރަފުކުރި އިރު ވެސް ހުރި އަގުތަކެވެ.
މި އަގު ނަގަން ފަށާ ދުވަހެއް އަދި ޔަގީންނުވެ އެވެ. ނަމަވެސް، ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އަންނަ މަހުން ފަށައިގެން އަގު ބޮޑުކުރާނެ އެވެ.
ސްޕޮޓިފައިގެ ފީ ބޮޑު ކުރަން ނިންމިއިރު، އެއާ ވާދަވެރި އެޕަލް މިއުޒިކް އިން ވެސް މިދިޔަ މަހު ވަނީ ފީތައް ބޮޑުކޮށްފަ އެވެ. އެޕަލް މިއުޒިކްގެ އިންޑިވިޖުއަލް ޕެކޭޖުގެ އަގަކީ މިހާރު 10.99 ޑޮލަރެވެ. އަދި ފެމެލީ ޕްލޭން ޕެކޭޖުގެ އަގަކީ 16.99 ޑޮލަރެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސްޕޮޓިފައި އަށް ފަސް މިލިއަން އާ ސަބްސްކްރައިބަރުން ލިބުނެވެ. އެއާއެކު، އެ ފްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު 515 މިލިއަނަށް އަރާފައިވެ އެވެ.
ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ބަދަލުކުރާ އެޕެއް
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ހަތަރު ގަޑިއިރުން ތުރެޑްސްއަށް ފަސް މިލިއަން މީހުން
ލޯފަން މީހުންނަށް ޚާއްސަކޮށްގެން "ޖަވާބު"ގެ އެޕެއް
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
އުމްރާގެ އަޅުކަމުގެ އިރުޝާދު ހިމެނޭ ދިވެހި އެޕެއް
ކުޑަގިރިއަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި
ދެން ފޯރި ހިފާނެ އެޕަކީ "ބީރިއަލް"
އެޕްލިކޭޝަން ސްޓޯރުތަކުން ޓިކްޓޮކް ނަގަން ގޮވާލަނީ