Roadha Mihaaru
ގާޑިއޯލާއަކީ އިނގިރޭސި ފުޓްބޯޅަ އަށް ނަސީބެއް: ރޫނީ

ގާޑިއޯލާއަކީ އިނގިރޭސި ފުޓްބޯޅަ އަށް ނަސީބެއް: ރޫނީ

20 ޖުލައި 2023

ވޮޝިންޓަން (ޖުލައި 20) - ކޯޗު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ އަށް ހޯދައިދެމުން އަންނަ ކުރިއެރުމާ އެކު އިނގިރޭސި ފުޓްބޯޅަ އަށް ފައިދާކުރާ ކަމަށާއި، ގާޑިއޯލާ އަކީ އިނގިރޭސި ފުޓްބޯޅަ އަށް ލިބުނު ނަސީބެއްގެ ގޮތުގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ސިފަކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ވޮޝިންޓަން (ޖުލައި 20) - ކޯޗު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ އަށް ހޯދައިދެމުން އަންނަ ކުރިއެރުމާ އެކު އިނގިރޭސި ފުޓްބޯޅަ އަށް ފައިދާކުރާ ކަމަށާއި، ގާޑިއޯލާ އަކީ އިނގިރޭސި ފުޓްބޯޅަ އަށް ލިބުނު ނަސީބެއްގެ ގޮތުގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ސިފަކޮށްފި އެވެ.

"މެންޗެސްޓާ ސިޓީ ހުރިހާ ގޮތަކުން ކުރިއެރުން ހޯދައިފި. މިއީ އެ ޓީމު ޑޮމިނޭޓްކުރާ ދުވަސްވަރު" ރޫނީ ބުންޏެވެ.

ރޫނީ، 37، ހިމެނޭހެން އެމެރިކާގެ މޭޖަ ލީގު ސޮކާގެ އޯލް ސްޓާ ޓީމު ރޭ ވަނީ އާސެނަލްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން އާސެނަލް މޮޅުވީ 5-0 ންނެވެ. ރޫނީ އަކީ މިހާރު އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑް ކޯޗެވެ.

ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވެ ހޭދަކުރި ހަތް އަހަރު 12 ތަށި ވަނީ ނަގައިފަ އެވެ. އެޓީމަށް ފަސް ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ.

ރޫނީ ބުނީ ގާޑިއޯލާގެ ކޯޗިންގެ ސަބަބުން ފައިދާވީ ހަމައެކަނި ލީގަށް ނޫންކަމަށާއި، އިނގިރޭސި ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް ވެސް ގާޑިއޯލާ މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

"ގާޑިއޯލާ އަކީ އިނގިރޭސި ފުޓްބޯޅަ އަށް ލިބުނު އެންމެ ބޮޑު އެއް ނަސީބު. ހަމައެކަނި ލީގަކަށް ނޫން. ގައުމީ ޓީމަށް ވެސް. ގާޑިއޯލާގެ ކޯޗިންގައި އިނގިރޭސި ޒުވާން ކުޅުންތެރިން ކުރިއެރުން ހޯދައި މިހާރު ސީނިއާ ކުޅުންތެރިންނަށް ވެއްޖެ" ކުރިން ބާސެލޯނާ އާއި ބެޔާން މިއުނިކްގައި ކާމިޔާބީ ހޯދި ކޯޗާ ގުޅޭގޮތުން ރޫނީ ބުންޏެވެ.

ގާޑިއޯލާގެ އެސިސްޓެންޓުގެ ގޮތުގައި ކުރިން މަސައްކަތްކުރި އަދި މިހާރު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް ވެސް ރޫނީ ތައުރީފް ކުރި އެވެ.

"އާޓެޓާ ވަނީ އެފްއޭ ކަޕް ނަގައި ލީގުގައި ސިޓީއާ ރަނގަޅު ވާދައެއްކޮށްފަ. ޒުވާން ކޯޗެއްގެ ފަރާތުން އެއީ ފެނުނު ބޮޑު ކުރިއެރުމެއް. ޔަގީނުންވެސް ގާޑިއޯލާއާ އެކު މަސައްކަތްކުރުން އެއީ އާޓެޓަށް ލިބުނު އެހީއެއް" އާޓެޓާ އާސެނަލްގައި ހޯދަމުން އަންނަ ކުރިއެރުމާއި ގުޅޭގޮތުން މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑުގެ ކުރީގެ ކެޕްޓަން ބުންޏެވެ.