Roadha Mihaaru
ރަންބީރާއި އާލިއާގެ ކައިވެންޏަކީ ފޭކެއް: ކަންގަނާ

ރަންބީރާއި އާލިއާގެ ކައިވެންޏަކީ ފޭކެއް: ކަންގަނާ

19 ޖުލައި 2023

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަކީ "ފޭކެއް" ކަމަށް ބުނެ ކަންގަނާ ރަނާއުތު އެ ތަރިންނަށް ރުޅި ބާލައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަކީ "ފޭކެއް" ކަމަށް ބުނެ ކަންގަނާ ރަނާއުތު އެ ތަރިންނަށް ރުޅި ބާލައިފި އެވެ.

ކަންގަނާ ރުޅިގަދަވީ މިދިޔަ ހޯމަ ދުވަހު އިއުލާންކުރި އޭނާގެ އާ ފިލްމާ ބެހޭ ގޮތުން އާންމުންނާއި ނޫސްތަކުން ވަރަށް ނެގެޓިވްކޮށް ވާހަކަދައްކާ ކަމަށް ބުނެ އެވެ. އަދި ނަމެއް ކަނޑައަޅާފައި ނުވާ އެ ފިލްމުގައި ކަންގަނާއާ އެކު ލީޑު ރޯލު ކުޅެނީ ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީ އެވެ.

އެ ރުޅިގަނޑާ އެކު ކަންގަނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ނުސީދާކޮށް ރަންބީރާއި އާލިއާގެ ގުޅުމަށް ފާޑުކިޔައި، ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

ކަންގަނާ ބުނި ގޮތުގައި، ރަންބީރާއި އާލިއާގެ ކައިވެންޏަކީ އެމީހުންގެ ފިލްމު ޕްރޮމޯޓްކުރަން ކުރި ފޭކު ކައިވެންޏެކެވެ. އޭނާ ތުހުމަތުކުރި ގޮތުގައި، ރަންބީރުގެ އާއިލާއިން ވަރަށް ފަހުން ލަންޑަށް ކުރި ދަތުރެއްގައި އާލިއާ އާއި އެމީހުންގެ ދަރިފުޅު ނުގެންދެ އެވެ. އެއީ ރަންބީރުގެ މަންމަ، ނީތޫ ކަޕޫރުގެ އުފަންދުވަސް ފާހަގަކުރަން ކުރި ދަތުރެކެވެ.

ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީ.

ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީ.

"މި ފޭކު ކަޕުލް ގޭގައި ދިރިއުޅެނީ ވެސް ވަކި ފުލޯއެއްގައި. އެކުގައި އުޅޭ ކަމަށް ހެދިގަނެގެން ފިލްމުތައް ޕްރޮމޯޓްކުރަނީ... މިފަހުން ކުރި އާއިލީ ދަތުރުގައި އަނބިމީހާ [އާލިއާ] އާއި ދަރިފުޅު ވެސް ބައިވެރިނުކުރޭ. އޭނަ ފިރިމީހާ [ރަންބީރު] ކުރި ކަމަކީ އަހަންނަށް ގުޅައިގެން ދިމާކުރަން އާދޭސްކޮށް، މެސެޖުކުރީ،" ކަންގަނާ ބުންޏެވެ.

ކަންގަނާ ތުހުމަތުކުރި ގޮތުގައި، ރަންބީރާ އާލިއާ އިނީ ވެސް ކަރަން ޖޯހަރު ޕްރެޝަރުކޮށްގެންނެވެ. ރަންބީރު މިހާރު އުޅެނީ އާލިއާ ވަރި ނުކުރެވިގެން ކަމަށާއި ފިލްމު ޕްރޮމޯޓްކުރަން ކައިވެނި ކުރީމަ ވާނީ މިހެން ކަމަށް ކަންގަނާ ބުންޏެވެ.

ރަންބީރު އެ އުޅުން ދޫކޮށްލައި، އަނބިމީހާ އާއި ދަރިފުޅަށް އަޅާލުމަށް ކަންގަނާގެ ޕޯސްޓުގައި އެދުނެވެ.