Roadha Mihaaru
އެމްޑީޕީން "ކަނޑާލި" މީހުންނަށް ހަސަންގެ ދައުވަތެއް

އެމްޑީޕީން "ކަނޑާލި" 39،000 މެންބަރުން ޑިމޮކްރެޓްސްއާ ގުޅެން ހަސަންގެ ދައުވަތު

14 ޖުލައި 2023

މި އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކައިރިވެފައިވަނިކޮށް، އެ ޕާޓީގެ ދަފުތަރުން އުނިކުރި ކަމަށް ބުނާ 39،000 މެންބަރުން، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅެން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ދައުވަތު ދެއްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކައިރިވެފައިވަނިކޮށް، އެ ޕާޓީގެ ދަފުތަރުން އުނިކުރި ކަމަށް ބުނާ 39،000 މެންބަރުން، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅެން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ދައުވަތު ދެއްވައިފި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރައްވަން، މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ވިދާޅުވީ، އެމްޑީޕީގެ ދަފުތަރުން 39،000 މެންބަރުން އުނިކުރީ، ރިޔާސީ ޕްރައިމެރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީން އުނިކުރި އެ މެންބަރުންނަކީ ނަޝީދަށް ތާއީދުކުރާ މެންބަރުން ކަމަށެވެ. މިރޭ ނަޝީދު އެ ޕާޓީ އަށް ސޮއި ކުރެއްވުމުން، އެމްޑީޕީގެ ދަފުތަރުން އުނިކުރި މެންބަރުން ޑިމޮކްރެޓްސްއާ ގުޅުމުގެ ދައުވަތު ހަސަން ދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއާ ގުޅެން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއާ ގުޅެން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަސަން ވިދާޅުވީ، އެމްޑީޕީގެ އެތެރެއިން ނުކުމެ ޑިމޮކްރެޓްސް އުފައްދަން ޖެހުނު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާ މެންބަރުން އެ ޕާޓީގެ ދަފުތަރުން އުނިކުރަމުން ގެންދިއުން ކަމަށެވެ.

"ގާތްގަނޑަކަށް 40،000 މީހުން ގަނޑުކޮށް މުތުލަގަށް ވަކިކޮށްލީ އަހާލުމެއް ކަހާލުމެއް ނެތި އެމީހުންނާ ދޭތެރޭ އެއްވެސް ރަހުމެއް ނެތި،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެ 39،000 މެންބަރުންގެ ތެރޭގައި އެމްޑީޕީ އުފައްދަން މަސައްކަތް ކުރި އެ ޕާޓީގެ ފައުންޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ.

"ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހަށް އޭރު ކުރިމަތިވެފައި އޮތް ޕްރައިމަރީ ކާމިޔާބުކުރުމަށް އެ މީހުން ޕާޓީން ވަކިކޮށްލީ. އެހެންވީމާ ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހްއާ އެކީ ތިއްބެވުމުގެ ބޭނުމެއް ނެތް. ވަޑައިގަންނަވާ،" އެ މެންބަރު ޑިމޮކްރެޓްސްއާ ގުޅެން ދައުވަތު ދެއްވައި ހަސަން ވިދާޅުވި އެވެ.

ނަޝީދު އާއެކު ބައެއް އެހެން ބޭފުޅުން ވެސް ވަނީ އެ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކުމާކު ރަޝީދު) ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހަސަން ވިދާޅުވީ، އިލެކްޝަން ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު އެކުލަވާލާފައިވަނީ، ޕާޓީގެ ރަށްރަށުގެ ގޮފިތަކާއި އެކި ގުނަވަންތައް މިނިވަންކަމާ އެކު ހިންގޭނެ ގޮތަށް ކަމަށެވެ.