11 ޖުލައި 2023
ނެޓްފްލިކްސް އިން ގެނެސްދޭ ޕާކިސްތާނުގެ ފުރަތަމަ އޮރިޖިނަލް ވެބް ސީރީޒް "ޖޯ ބަޗީ ހޭ ސަންގް ސަމޭޓްލޯ" މަސައްކަތް ފަށައިފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ ޕާކިސްތާނުގެ ފުރަތަމަ އޮރިޖިނަލް ވެބް ސީރީޒް "ޖޯ ބަޗީ ހޭ ސަންގް ސަމޭޓްލޯ" މަސައްކަތް ފަށައިފި އެވެ.
ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސީރީޒްގެ ލީޑު ކާސްޓަށް ނެގީ އެ ގައުމުގެ އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު ތަރިން ކަމަށްވާ ފަވާދު ހާން، މާހިރާ ހާން، ހަމްޒާ އަލީ އައްބާސީ އަދި ހާނިއާ އާމިރެވެ.
ޕާކިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ ހަސަން ކަޒްމީ ކުރި ޓުވީޓެއްގައި އެ ސީރީޒްގެ މަސައްކަތް ފެށިކަން ކަށަވަރުކޮށްދިނެވެ.
"ޖޯ ބަޗީ ހޭ ސަންގް ސަމޭޓްލޯ" އަކީ ހަމަ އެ ނަމުގައި ޕާކިސްތާނުގެ ވާހަކަ ލިޔުންތެރިޔާ ފަރުހަތު އިޝްތިޔާގު ލިޔެފައިވާ ލޯބީގެ ވާހަކައަކަށް ހަދާ ސީރީޒެކެވެ.
Pakistan's first #Netflix project will soon go on the floor
— Hasan Kazmi (@hasankazmi_) July 6, 2023
Directed by Momina Duraid, it is based on Farhat Ishtiaq's novel #JoBacheHainSangSamaitLo
Starring: #FawadKhan #MahiraKhan #HamzaAliAbbasi and #HaniaAamir
ފަރުހަތު އަކީ ޕާކިސްތާނުގެ އެންމެ މަޝްހޫރު ޑްރާމާ ސީރީޒް "ހަމްސަފަރު"ގެ ވާހަކަ ވެސް ލިޔުނު ލިޔުންތެރިޔާ އެވެ. އެ ސީރީޒްގެ ލީޑު ރޯލުތައް ވެސް ކުޅުނީ ފަވާދު އާއި މާހިރާ އެވެ. އެއީ އެ ދެތަރިން މަޝްހޫރުވީ ވެސް ސީރީޒެވެ. އަދި ނެޓްފްލިކްސްގެ މި ސީރީޒް ޑައިރެކްޓްކުރަނީ ވެސް "ހަމްސަފަރު" ގެނެސްދިން މޫމިނާ ދުރައިދެވެ.
ފަވާދުއަށް ލިބުނު މަޝްހޫރު ކަމާއެކު އޭނާއަށް ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރުމަށް ފުރުސަތު ލިބި، ދެ ފިލްމެއް ކުޅުނެވެ. އަދި ހޮލީވުޑްގެ އެންމެ މަޝްހޫރު ފްރެންޗައިޒް މާވެލްގެ ސީރީޒެއް ކަމަށްވާ "މިސް މާވެލް"ގައި ވެސް މަސައްކަތްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.
މާހިރާ ވެސް ޝާހްރުކް ހާންއާއެކު ބޮލީވުޑްގެ ފިލްމު "ރައީސް"ގެ ރޯލެއް ކުޅުނެވެ.
ޕާކިސްތާނުގެ ފިލްމާއި ސީރީޒްތައް މިހާރު ވެސް ނެޓްފްލިކްސްގައި ހުރެ އެވެ. އެކަމަކު މިއީ ނެޓްފްލިކްސް އިން ޕާކިސްތާނުގެ އޮރިޖިނަލް ކޮންޓެންޓެއް އުފައްދާ ފުރަތަމަ ފަހަރެވެ.
މާހިރާގެ އާ ސިލްސިލާއެއް ހަމް ޓީވީ އަށް
ޕާކިސްތާނުގެ "ޒިންދަގީ ގުލްޒާރު ހޭ" އަލުން ޒީޓީވީ އަށް
ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމުގެ ފަސްޓް ލުކް
ފަވާދު ހާން ދެން ކުޅެނީ ޝެފެއްގެ ރޯލު
ފަވާދު ހާން އެނބުރި ބޮލީވުޑަށް
މާހިރާ ހާން ކައިވެނިކޮށްފި
ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން
ބަރުން ސޮބްތީގެ "ކޯރާ" ވަރަށް ހިނގައިފި
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސަކްސެޝަން"
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި