Roadha Mihaaru
ބަރުން ސޮބްތީގެ "ކޯރާ" ވަރަށް ހިނގައިފި

ބަރުން ސޮބްތީގެ "ކޯރާ" ވަރަށް ހިނގައިފި

17 ޖުލައި 2023

ހިންދީ ޑްރާމާތަކުން މަޝްހޫރުވި ބަރުން ސޮބްތީގެ ފުރަތަމަ ނެޓްފްލިކްސް ސީރީޒް "ކޯރާ" އަށް ލިބޭ ތަރުހީބު ބޮޑުވެއްޖެ އެވެ.

ހިންދީ ޑްރާމާތަކުން މަޝްހޫރުވި ބަރުން ސޮބްތީގެ ފުރަތަމަ ނެޓްފްލިކްސް ސީރީޒް "ކޯރާ" އަށް ލިބޭ ތަރުހީބު ބޮޑުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ސްޓްރީމިންއަށް ދޫކޮށްލި އެ ސީރީޒްގައި ދައްކަނީ އިންޑިއާގެ ޕަންޖާބުގައި ބިދޭސީއަކު މަރާލުމުން، އޭނާގެ މަރުގެ ހަގީގަތް ހޯދުމުގެ ތެރޭގައި ހިނގާ ކަންތައްތަކެވެ. މި ކްރައިމް ސީރީޒްގައި ހަ އެޕިސޯޑު ހިމެނެ އެވެ.

"ކޯރާ"އަށް ކްރިޓިކުންގެ ތައުރީފު އޮއްސާލާފައިވާރު، އައިއެމްބީޑީގައި އެ ސީރީޒަށް 8.1 ގެ ރޭޓިން ލިބިފައިވެ އެވެ.

ބައެއް ކްރިޓިކުން ބުނެފައިވާ ގޮތުގައި، މި ސީރީޒް އަކީ 2020 ވަނަ އަހަރު އެމެޒަން ޕްރައިމް ވީޑިއޯއިން ގެނެސްދިން ވެބް ސީރީޒް "ޕާޓަލް ލޮކް" އަށް ފަހު، ގެނެސްދިން އެ ޖޯންރާގެ އެންމެ ސަޅި ސީރީޒެކެވެ. "ޕާޓަލް ލޮކް" އަކީ ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކްރައިމް ސީރީޒެކެވެ.

ބަރުންނާ އެކު އެ ސީރީޒްގެ ލީޑު ކާސްޓުގައި ހިމެނެނީ ސުވިންދަރު ވިކީ، ވިޝާލް ހަންދާ، ސޯރަވް ކުރާނާ، އައިވަންޓީ ނޯވާކް، ލުއިސް ބެކްސްޓާ، ރޭޗެލް ޝެލީ، ހަރުލީން ސެތީ، ވަރުން ބަޑޯލާ އަދި މަނީޝް ޗައުދަރީ އެވެ.

މި ސީރީޒް ޑައިރެކްޓުކުރީ "ލަސްޓް ސްޓޯރީސް 1" އަދި "ހީރޯ" ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި ރަންދީޕް ޖާ އެވެ.

ބަރުން އެންމެ މަޝްހޫރުވީ ސްޓާ ޕްލަސް އިން 2011 ވަނަ އަހަރު ގެނެސްދިން ޑްރާމާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" އިންނެވެ.