Roadha Mihaaru
ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން

ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން ލިބިއްޖެ

21 ޖުލައި 2023

މި އަހަރުގެ ދެވަނަ ކުއާޓާގައި ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން ލިބިފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން ލިބިފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

ނެޓްފްލިކްސް އިން ބުނީ މި އަހަރުގެ ދެވަނަ ކުއާޓާގައި 5.9 މިލިއަން އާ ސަބްސްކްރައިބަރުން ލިބިފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމަށް އަލަށް އިތުރުވި ސަބްސްކްރައިބަރުން ތެރެއިން 1.17 މިލިއަނަކީ އެމެރިކާ އާއި ކެނެޑާއިން އިތުރުވި ސަބްސްކްރައިބަރުންނެވެ. އެ ދެ ގައުމުގައި ސަބްސްކްރައިބަރުންގެ އަދަދު މަތިވި ކަމަށް ބެލެވެނީ، އެކަކަށް ވުރެ ގިނަ މީހުންނަށް އެއް އެކައުންޓެއް ބޭނުންކުރާ ނަމަ އިތުރަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހެދުމުންނެވެ.

އެކަކަށް ވުރެ ގިނަ މީހުން އެއް އެކައުންޓެއް ބޭނުންކުރާ ނަމަ، ކޮންމެ މީހަކު 7.99 ޑޮލަރު ދައްކަން ޖެހެ އެވެ.

މި މަހުން ފެށިގެން އިންޑިއާގައި ވެސް އެ އުސޫލަށް އަމަލުކުރަން ފަށަން ނެޓްފްލިކްސް އިން ނިންމާފައިވެ އެވެ.

އެ ކުންފުނިން އަންނަނީ އިޝްތިހާރު ހިމެނޭ ގޮތަށް އަގުހެޔޮ ޕެކޭޖެއް ވެސް ތައާރަފުކުރަން މަސައްކަތްކުރަމުންނެވެ. އެ ޕެކޭޖުގެ އަގަކީ 6.99 ޑޮލަރެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ނެޓްފްލިކްސްއަށް 8.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.