22 މެއި 2022
ނެޓްފިލްސް އިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ޓީވީ ސީރީޒް ކަމަށްވާ "މަނީ ހައިސްޓް"ގެ ސައުތު ކޮރެއާ ވާޝަންއެއް އުފައްދައި، އެ ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
ނެޓްފިލްސް އިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ޓީވީ ސީރީޒް ކަމަށްވާ "މަނީ ހައިސްޓް"ގެ ސައުތު ކޮރެއާ ވާޝަންއެއް އުފައްދައި، އެ ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޕެއިންގެ މަނީ ހައިސްޓްގެ އޮރިޖިނަލް ވާހަކަ ނިމުމާ އެކު، އެތައް ބަޔަކު އަންނަނީ އޭގެ ރެންޑިޝަންތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވެނީ އިންޑިއާ އާއި ކޮރިއާ އެވެ.
ކޮރިއާ އިން އުފައްދާ މަނީ ހައިސްޓްގެ ސީރީޒް، "މަނީ ހައިސްޓް: ކޮރިއާ - ޖޮއިންޓް އިކޮނޮމިކް އޭރިއާ"ގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއާ އެކު ކޮރިއާއިން ނެޓްފްލިކްސްގެ އެ ހިޓް ސީރީޒަށް ގެންނާނެ ބަދަލުތަކަށް ކުޑަވަރެއްގެ އަލިކަމެއް ވަނީ އައިސްފަ އެވެ.
މިފަހަރު މަނީ ހައިސްޓް ހިނގަނީ ކޮރިއާގަ އެވެ. ސީރީޒްގައި އަލިއަޅުވާލަނީ އުތުރު އަދި ދެކުނު ކޮރިއާ ގުޅުވާލަން އުޅޭކަމުގެ ވާހަކަ އަކަށެވެ. ދެ ގައުމުގެ ދެމެދުގައިވާ ސަރަހައްދެއްގައި ގިނަ އަދަދަކަށް ފައިސާތައް ރައްކާކޮށްފައި ހުރެ އެވެ. އެ ސީރީޒްގައި އަލިއަޅުވާލާނީ އެ ފައިސާތައް ހޯދުމަށް ވަގުންގެ ގްރޫޕަކުން ރާވާ ރޭވުމެކެވެ.
"މަނީ ހައިސްޓް"ގައި ކޮރިއާގެ ފާހަގަކޮށްލެވޭ ބައެއް އެކްޓަރުން ހިމެނެ އެވެ. އޭގެތެރޭގައި ޕާކް ހޭސޫ އާއި ޔޫ ޖި-ތައެ އާއި ކިމް ޖިހޫން ހިމެނެ އެވެ. އެ ސީރީޒްގައި ދެން އިތުރަށް ފެންނާނީ ޖިއޯ ޖޮންގް ސޫ އާއި ލީ ހިޔުން ވުންގެ އިތުރުން ލީ ސިވޫ އެވެ.
އެ ސީރީޒްގެ ފުރަތަމަ ސީޒަން ދައްކަން ފަށާނީ އަންނަ މަހުގެ 24 އިން ފެށިގެންނެވެ.
"ސްކުއިޑް ގޭމް 2" 93 ގައުމެއްގެ އެއްވަނައިގައި
އެންމެ ހިޓު ކޮރެއާ ޑްރާމާއަކީ "ލަވް ނެކްސްޓް ޑޯ"
"މިސް ނައިޓް އެންޑް ޑޭ" އަށް ބޮޑު ތަރުހީބެއް
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން ޑިސެމްބަރު 26 ގައި
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި
ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން
ބަރުން ސޮބްތީގެ "ކޯރާ" ވަރަށް ހިނގައިފި
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސަކްސެޝަން"
ޕާކިސްތާނުގެ ފުރަތަމަ ނެޓްފްލިކްސް ސީރީޒް
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި