Roadha Mihaaru
ފަވާދު ހާން އެނބުރި ބޮލީވުޑަށް

ފަވާދު ހާން އެނބުރި ބޮލީވުޑަށް

05 ޖުލައި 2024

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން އަނެއްކާވެސް ބޮލީވުޑް ފިލްމެއް ކުޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން އަނެއްކާވެސް ބޮލީވުޑް ފިލްމެއް ކުޅުމުގެ މަސައްކަތް ފަށައިފި އެވެ.

ފިލްމްފެއާ އިން ރިޕޯޓްކުރި ގޮތުގައި، ފަވާދު އެނބުރި އަންނަނީ ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރާ އެކު ކުޅޭ ފިލްމަކުންނެވެ.

އެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ލަންޑަނުގައި ފަށާނެ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ފަވާދު ވަނީ ކުރިން ވެސް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރި އެވެ. އެ ނިންމުން މިހާރު ވަނީ މުމްބާއީގެ ހައިކޯޓުން ބާތިލުކޮށްފަ އެވެ.

ފަވާދު ކުޅުނު ބޮލީވުޑްގެ ފިލްމުތަކަކީ "ކޫބްސޫރަތު" އާއި "އޭ ދިލްހެ މުޝްކިލް" އަދި "ކަޕޫރް އެން ސަންސް" އެވެ.