05 ނޮވެމްބަރ 2016
ފަވާދު ޚާން އެންމެ ފަހުން ކުޅުނު ބޮލީވުޑް ފިލްމު "އޭ ދިލް ހެ މުޝްކިލް"އިން އޭނާގެ މަންޒަރުތައް މަދުކޮށްފައި ވާތީ ލިބުނު މާޔޫސްކަން އޭނާ އަށް އިތުރުވަނީ މިއިން ޒަމާނަކު ވެސް ދެން ބޮލީވުޑްގެ ފިލްމެއް ކުޅެން ފުރުސަތު ނުލިބޭނެތީ އެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ، އިންޑިއާގައި ޕާކިސްތާނުގެ އެކްޓަރުން މަސައްކަތްކުރުން މަނާކުރުމުން ޕާކިސްތާނު އެކްޓަރުން ކުރިމަގަށް އިތުރަށް ވިސްނަން ޖެހެ އެވެ.

ފިލްމު ކުޅެގެން މިހާތަނަށް ފަވާދަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައި ވާތީ މިވަގުތު އަތް އުރާލައިގެން ހުރި ފަވާދު މިހާރު ވިސްނަމުން ދަނީ ސިޔާސީ މައިދާނަށް ނިކުންނަށް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ފަވާދަށް ދެވަނަ ދަރިފުޅަކު ވެސް ލިބި ދަރިންނާއި އާއިލާއާ އެކު މި ދުވަސްވަރު ވަގުތު ހޭދަކުރަމުން ދިޔަ ނަމަވެސް ޕާކިސްތާނުގެ ނޫސްތަކުން ބުނަނީ އޭނާ ތައްޔާރުވަމުން ދަނީ ސިޔާސީ މައިދާނަށް ނިކުންނަން ކަމަށެވެ.
ފަވާދު ސިޔާސީ މައިދާނަށް ވަންނަން ދައުވަތު ދެއްވީ ޕާކިސްތާނުގެ އެންމެ ބޮޑު އިދިކޮޅު ލީޑަރު އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާނެވެ. އިމްރާންގެ ތަހްރީކޭ އިންސާފުގައި ބައިވެރިވުމަށް އޭނާ ވަނީ ފަވާދުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ފަވާދަކީ އާއްމުންގެ ކުރިމަތީގައި ވަރަށް މަގްބޫލު މޫނަކަށް ވާތީ އޭނާގެ މަގްބޫލުކަމުން ޕާޓީއަށް ގިނަ ބަޔަކު ވައްދަން އިމްރާން ބޭނުންވެ އެވެ. އަދި ފަވާދު މިކަމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމުގެ ފަސްޓް ލުކް
ފަވާދު ހާން ދެން ކުޅެނީ ޝެފެއްގެ ރޯލު
ފަވާދު ހާން އެނބުރި ބޮލީވުޑަށް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ފަވާދާއި ކެޓްރީނާގެ "ރާތު ބާކީ" އަށް އެހެން ކާސްޓެއް
މާހިރާގެ އާ ސިލްސިލާއެއް ހަމް ޓީވީ އަށް
މާވެލްގެ "މިސް މާވެލް" ގެ ރޯލެއް ފަވާދަށް
ޕާކިސްތާނުގެ "ޒިންދަގީ ގުލްޒާރު ހޭ" އަލުން ޒީޓީވީ އަށް
ފަވާދު ޚާން: ބޮލީވުޑުން ގެއްލުނަސް ނުފޫޒު ގަދަ
ވެކްސިނަށް ހުރަސް އެޅުމުން ފަވާދުގެ މައްސަލަ ޕޮލިހަށް