Roadha Mihaaru
ފޯކައިދޫގެ ހަތަރު މަޝްރޫއުއެއް އިފްތިތާހުކޮށްފި

ފޯކައިދޫގެ ހަތަރު މަޝްރޫއުއެއް އިފްތިތާހުކޮށްފި

09 ޖުލައި 2023

ށ. ފޯކައިދޫގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއުއެއް ނިންމައި، އިފްތިތާހުކޮށްފި އެވެ.

ށ. ފޯކައިދޫގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއުއެއް ނިންމައި، އިފްތިތާހުކޮށްފި އެވެ.

ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފޯކައިދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފޯކައިދޫ އާއި ކައިރި އެހެން ރަށްރަށުން ވެސް މީހުން އެއްވެ ތިއްބެވެ.

ރައީސް އެންމެ ފުރަތަމަ އިފްތިތާހުކޮށްދެއްވީ ފޯކައިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އެވެ. އެއަށްފަހު މި ރަށުގެ އާ ބަނދަރު ވެސް ވަނީ ހުޅުއްވައި ދެއްވައިފަ އެވެ.

ފޯކައިދޫގެ ހެލްތު ސެންޓަރުގެ އާ އިމާރާތް ވެސް ރައީސް ހުޅުވައިދެއްވި އެވެ. އަދި ޓާފް އަޅައިގެން ހަދާފައިވާ ފޯކައިދޫ ފުޓްބޯޅަ ބޮޑު ދަނޑު ވެސް ރައީސް ވަނީ މިއަދު އިފްތިތާހުކޮށްދެއްވައިފަ އެވެ.

ފޯކައިދޫއަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެއިތުރުން ކޯލިޝަން ޕާޓުނަރުން ކަމަށްވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަޑައިގެންނެވި އެވެ.

މިރޭ ފޯކައިދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފޯކައިދޫއަށް ރައީސްގެ އާ ވައުދުތަކެއްވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުގެ ބޭފުޅަކު ވިދާޅުވި އެވެ.

މިއަދު ހެނދުނު ރައީސް ފެއްޓެވި ދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވެސް ވަޑައިގެން، އެ ރަށްތަކަށް ގިނަ ވައުދުތަކެއްވެވަޑައިގެންނެވި އެވެ.