Roadha Mihaaru
ވައުދުތައް ފުއްދުމުން، ފޯކައިދޫ ބަދަލުކޮށްލައިފި

ވައުދުތައް ފުއްދައި ދިނުމާއެކު، ފޯކައިދޫ ބަދަލުކޮށްލައިފި، 2023 ގައި ވެސް ބޭނުމީ ރައީސް

08 ސެޕްޓެމްބަރ 2021

އަސާސީ ހިދުމަތްތަކުން އަހަރުތަކެއް ވަންދެން ބާކީ ވެފައި އޮތް ށ. ފޯކައިދު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތްއިރު، ރައްޔިތުންގެ މެސެޖް ސާފެވެ؛ މަރުހަބާ ކިޔަން ބަނދަރުމަތީގައި ދަމާލާފައި އޮތް ދިގު ސަފުގެ މެދުތެރެއިން ބަޔަކު ތިބީ "އިބޫ 2023" ޖަހާފައިވާ ބޯޑުތަކެއް ހިފައިގެންނެވެ.

ފަޒީނާ އަހުމަދު ށ. ފޯކައިދޫން ފަޒީނާ އަހުމަދު

އަސާސީ ހިދުމަތްތަކުން އަހަރުތަކެއް ވަންދެން ބާކީ ވެފައި އޮތް ށ. ފޯކައިދު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތްއިރު، ރައްޔިތުންގެ މެސެޖް ސާފެވެ؛ މަރުހަބާ ކިޔަން ބަނދަރުމަތީގައި ދަމާލާފައި އޮތް ދިގު ސަފުގެ މެދުތެރެއިން ބަޔަކު ތިބީ "އިބޫ 2023" ޖަހާފައިވާ ބޯޑުތަކެއް ހިފައިގެންނެވެ.

ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވިދާޅުވީ، ރައީސަށް ދެ ވަނަ ދައުރެއް ދޭން ވެސް ތައްޔާރުކަން ހާމަކޮށްދިނީ ވައުދުތަކުން އެ ރަށުގެ ރައްޔިތުންނަށް އުއްމީދާއި ހިތްހަމަޖެހުން ގެނެސްދެއްވާފައި ވާތީ ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި ފޯކައިދޫ އެކަހެރިކޮށް, ވެފައި އޮތް އިހުމާލު މި ވެރިކަމުގައި ބަދަލުކޮށްލައިފި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ފޯކައިދޫގައި: އެ ރަށުގެ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމަކީ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށިފައިވުން. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ފޯކައިދޫގައި: އެ ރަށުގެ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމަކީ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށިފައިވުން. -- ފޮޓޯ/ ރައީސް އޮފީސް

ރައީސަށް މަރުހަބާ ކިޔަން ނުކުތް ރައްޔިތުން ހިފައިގެން ތިބި ބޯޑުތަކުންނާއި ފާޅުކުރި ޝުއޫރުތަކުން ފާޅުކޮށްދިނީ، އާސިފް ވިދާޅުވި ގޮތުގައި، އެ ހިތްހަމަޖެހުމެވެ.

"މި ރަށަށް ބޭނުންވާ އަސާސީ ކަންކަން ކުރިން އޮތީ ނުވެ, އެކަން ބަދަލުވެއްޖެ. ވައުދުތައް ނުފުއްދޭނެ ކަމުގެ މާޔޫސްކަމެއް މި ރަށަކު ނެތް،" އޭނާ ވިދާޅުވި އެވެ.

ފޯކައިދޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް

ފޯކައިދޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް

އާބާދީގައި 1،700 މީހުން ހިމެނޭ ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެ ރަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ކެމްޕޭނާއި އޭގެ ފަހުން ވެސް ވައުދުވެވަޑައިގަތް ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް އެބަދެ އެވެ. އޭގެތެރޭގައި ބަނދަރު ބޮޑުކުރުމާއި ފެނާއި ނަރުދަމާ އާއި އިންޖީނުގެ ބަދަލުކުރުމާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ފަދަ ގިނަ ކަންކަން ހިމެނެ އެވެ.

ރައީސަށް މަރުހަބާ ދަންނަވަން ނުކުތް މީހުން "އިބޫ 2023" ޝުއޫރުފާޅުކުރަނީ.

ރައީސަށް މަރުހަބާ ދަންނަވަން ނުކުތް މީހުން "އިބޫ 2023" ޝުއޫރުފާޅުކުރަނީ.

ކައުންސިލްގެ މެމްބަރުންނާ އެކު ބަނދަރުގައި ހުންނެވި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންތަކެއް އުޅެން ނުޖެހޭ ފަދަ ދަތި ހާލަތެއް ފޯކައިދޫން ތަހައްމަލުކޮށްފި އެވެ. މަސްވެރި, އޮޑިދޯނި ފަހަރު ގިނަ ރަށަކަށް ވިޔަސް ފަޅުގެ ދަތިކަން ބޮޑުވެ, ލަފާފުރުމުގެ އުނދަގޫ ބޮޑުވި ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން މި ދައްކައިދެނީ ކުރީގައި އޮތް ހިތްދަތިކަން ނިމުމަކަށް ގެނެސްދެއްވައިފިއޭ," ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މަޝްރޫއުތައް ހިނގަމުން އަންނަ ކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަޅުގެ ދަތިކަން ހައްލުވަމުން ދިއުމާއި އެންމެ އަސާސީ ހިދުމަތް ކަމަށްވާ ފެނާއި ނަރުދަމާ މައްސަލަ ހައްލުވެގެން ދިއުމަކީ އެ ރަށަށް އަންނަ އެންމެ ހެޔޮ ބަދަލުތަކެވެ.

ރައީސް ފޯކައިދުއަށް ވަޑައިގަތް އިރު މަރުހަބާ ކިޔަން ނުކުތް ކުދިންތަކަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ފޯކައިދުއަށް ވަޑައިގަތް އިރު މަރުހަބާ ކިޔަން ނުކުތް ކުދިންތަކަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ރައީސާއެކު ފޯކައިދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އިތުރަށް ހުށަހެޅީ އެ ރަށުގެ މުހިއްމު ސަރަހައްދެއް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ. އޭގެ އިތުރުން ގާމަތި ރަށަކަށް ވެފައި މޫދަށް އެރިލަން ރަނގަޅު ބީޗެއް ނޯންނާތީ އާޓިފިޝަލް ބީޗެއް ތަރައްގީކޮށްދޭން އެދުނެވެ. މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ހެލްތު ސެންޓަރު އިތުރަށް ތަރައްގީކޮށް ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖައްސައިދޭން ވެސް ހުށަހެޅި އެވެ.

އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ރައީސަށް މަރުހަބާ ކިޔަން ފޯކައިދޫ އަތިރިމައްޗަށް އެއްވެ ތިބި ޒުވާނުންތަކެއް: އެ ރަށުގެ ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވަން މަަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

ރައީސަށް މަރުހަބާ ކިޔަން ފޯކައިދޫ އަތިރިމައްޗަށް އެއްވެ ތިބި ޒުވާނުންތަކެއް: އެ ރަށުގެ ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވަން މަަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސަވާނެ ކަމަށާއި ފުޓްބޯޅަ ދަނޑާއި އަދި އެ ނޫން ވެސް ކައުންސިލުން ފާހަގަކުރި ކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފޯކައިދޫގެ ދަނޑުވެރިންނާއި މަސްވެރިންނާ ރައީސް މިއަދު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.