09 ޖުލައި 2023
އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލައި ފެށި ހަރަކާތް ލީޑް ކުރައްވަން، ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ) އިސްނަންގަވައިފި އެވެ.
އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލައި ފެށި ހަރަކާތް ލީޑް ކުރައްވަން، ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ) އިސްނަންގަވައިފި އެވެ.
ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބާ އެކު ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރަން ޖެހޭ ކަމަށް ގޮވާލައި ސޯޝަލް މީޑިއާ އާއި ވައިބާ ގުރޫޕްތަކުގައި ކަންބޮޑުވުން ފާޅުކުރުމުގެ ތެރެއިން އުފަން ކުރި "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ފުރަތަމަ ބައްދަލުވުން މިރޭ ވަނީ ޝީ ބިލްޑިންގެ ސެމީނާ ރޫމްގައި ބާއްވާފަ އެވެ.
"ސޭވް އެފްއޭއެމް" ގެ ލޯގޯ ޖެހި ޓީޝާޓް ލައިގެން ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅައިގެ ކުރީގެ ބައެއް ހިންގުންތެރި ތިއްބެވި އެވެ. ކުރީގެ ގައުމީ ކެޕްޓަން އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އޭދަދުށީގެ އަބްދުލް ވާހިދާއި ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ހިއްސާއެއްވި ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ހާޒިރުވި އެވެ.
ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދެއްކެވީ ވެސް އާމިރެވެ.
ކުރީގެ ދެ ކުޅުންތެރިން "ސޭވް އެފްއޭއެމް" ޖޯޒީ ލައިގެން: ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިން ބައްދަލުވުމަށް ވަޑައިގެންނެވި --- ފޮޓޯ: ނިޝާން އަލީ | މިހާރު
އާންމު ބައިވެރިންނަށް ހުޅުވާލި ފުރުސަތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ، 2019 އަހަރު "ފުޓްބޯލް ފްރެންޑްސް" ކިޔާ ވައިބާ ގުރޫޕެއްގައި ފުޓްބޯޅަ ބަދަލުކުރަން ޖެހޭކަން ފާހަގަކޮށް ވާހަކަ ދެއްކި ބައެއް މީހުންނަށް އެފްއޭއެމުން ހުށަހެޅި މަގާމުތަކާ އެކު އޭރު ދެއްކި ވާހަކަތައް ހިނދިގެން ދިޔަ ކަމަށެވެ.
"ސޭވް އެފްއޭއެމް" ގެ ނަމުގައި ފެށި ހަރަކާތަށް އެހެން ވާން ބޭނުން ނުވާ ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ބައެއް އެހެން ފަރާތްތަކުން ވެސް އެގޮތަށް ވާހަކަ ދެއްކި އެވެ.
އެކަމަށް އިޝާރާތްކުރައްވައި އާމިރު ވިދާޅުވީ އޭނާ އަކީ ވިކޭނެ މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވާނަން އަޅުގަނޑަކީ ވިކޭނެ މީހެއް ނޫންކަން. އިރާދަފުޅުން އަޅުގަނޑު ވިކެން ޖެހޭ ސަބަބެއް ވެސް ނެތް،" އާމިރު ވިދާޅުވި އެވެ.
ސޭވްއެފްއޭއެމް ކެމްޕޭނުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން --- ފޮޓޯ: ނިޝާން އަލީ | މިހާރު
މިރޭގެ ބައްދަލުވުމުގައި ވަނީ އެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ދިނުމަށް ސްޓިއަރިން ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.
އަށްޑިހައިގެ އަހަރުތަކުގައި މަޝްހޫރުވި ޖަރުމަންގެ ވައާތު ބެކް ހެންސް ޕީޓާ ބްރީގަލްގެ ނަމުން، މަޝްހޫރުވި އާމިރަކީ، ކުރިން ވެލެންސިއާގެ ބީ ޓީމުގެ ގޮތުގައި އޮތް ޔުވެންޓަސް އަށް ކުޅުނު ޑިފެންޑަރެކެވެ.
އާމިރު ކުޅުއްވީ ވާތު ބެކަށެވެ. އޭނާ އާއެކު އޭރު ޔުވެންޓަސް އަށް ކުޅުނު އަދި ފަހުން ވެލެންސިއާ އަށް ވެސް ކުޅުނު ސީވާޑް ނަސީމް (ކުޑަ އަނދޫ) ބްރީގަލްގެ ނަމުން އާމިރަށް ވަނަމެއް ދިނީ ބްރީގަލް ގޮތަށް ވައާތު ބެކަށް ކުޅޭތީ އެވެ.
ކުރިން ފުޓްބޯޅައިގައި ވިދާލި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އަކީ އާމަިރުގެ ބައްޕަ އަބްދުލް ގަނީ އަހުމަދުގެ ބޮޑު މަސައްކަތެކެވެ. އޭދަފުށީ ޓީމު ދަނޑަށް ދަނީ އޭނާގެ ގެއިން ތައްޔާރުވެގެންނެވެ. ގަނީ އަކީ އޭރު ފުޓްބޯޅައިގައި އެންމެ ހީވާގި ހިދުމަތްތެރިޔާ އެވެ.
ސޭވްއެފްއޭމް ކެމްޕޭނު ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން ލަފާ ދިނުމަށް އެކުލަވާލެވުނު ކޮމިޓީގެ ބައެއް މެންބަރުން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުޓްބޯޅަ އަށް ބައްޕަ ކޮށްދެއްވި ހިދުމަތް ފެނިވަޑައިގަތުމުން، އާމިރުގެ ހިތް ވެސް ފުޓްބޯޅަ އަށް ލޯބި ޖެހުނެވެ. ފުޓްބޯޅައިގެ އެކި މަސައްކަތުގައި އޭނާގެ ހިދުމަތް މެދު ނުކެނޑެ އެވެ.
ފީފާގެ އެންގުމަށް 2008 ގައި އެފްއޭއެމް އިންތިހާބުކުރަން، އެކުލަވާލި އިންޓަރިމް ކޮމިޓީގައި އޭނާ މަސައްކަތް ކުރެވި އެވެ. އެ މުއްދަތުގައި ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރު އެފްއޭއެމްގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އާމިރު އުޅުއްވި އެވެ.
ފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ މެނޭޖަރު ކަމާއި 23 އަހަރުން ދަށުގެ ޓީމުގެ މެނޭޖަރުކަން ކުރެއްވި އެވެ. އަދި ސީނިއާ ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. ލަންކާގައި 2012 ގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތް ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމުން ކާމިޔާބު ކުރި އިރު އެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ވެސް ހުންނެވީ އާމިރެވެ.
އޭނާ މިރޭ ވިދާޅުވީ ފުޓްބޯޅަ ރިފޯމް ކުރަން "ސޭވް އެފްއޭއެމް" ކެމްޕޭން ލީޑް ކުރައްވަން އޭނާ އިސް ނެންގެވީ، ފުޓްބޯޅައިގެ އިސް ހިދުމަތްތެރިންތަކެއް އޭނާ ގާތު އެކަމުގައި ކުރިއަށް ނުކުންނަވަން އެދިވަޑައިގަތުމުން ކަމަށެވެ.
ގޯލްޑް ކަޕްގެ ހިނިތުންވުމާއެކު، ދޫނުދީ ފޯރި ދިރުވަންވީ
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ލިބޭނެ
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް
ކޭޕާކާއެކު ހެދި އެއްބަސްވުންތަކުން އެފްއޭއެމަށް ގެއްލުން
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި