30 ޖޫން 2023
ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނަސީމް އަލީ ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.
ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނަސީމް އަލީ ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހަރަމައިން ކުންފުނީގެ ހަވާލުގައި ދިޔަ، އުމުރުން 72 އަހަރުގެ މި މީހާ ނިޔާވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދަ ކައިރިން ކަމަށެވެ.
"މުހައްމަދު ނަސީމް މަރުވެފައި އޮއްވާ ފެނުނީ ނޫރު (ހިރާ) ފަރުބަދައާ ދިމާލުން ރޭގެ ދަންވަރުގެ ވަގުތެއްގައި. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދޭ،" އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކަޓިވް ޑިރެކްޓަރު މުރްޝިދް އަބްދުލްހަކީމް ވިދާޅުވި އެވެ.
ނޫރު ފަރުބަދަ އަކީ ނަސީމް ހުރި ޓެންޓާ ވަރަށް ދުރެވެ.
މިނިސްޓްރީން ބުނީ ނަސީމް ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިނިސްޓްރީން އަށް ލިބުނީ ރޭ މެންދަމު 2 ޖަހަން އުޅެނިކޮށް ކަމަށެވެ.
ރ. މާކުރަތު މީހެއް ކަމަށްވާ ނަސީމް ގެއްލުނީ އަރަފާތަށް ދިއުމުގެ ކުރިން، ހައްޖު މަހުގެ 8 ވަނަ ދުވަހުގެ ރޭ މިނާގައި ތިބި އިރު، ޓެންޓުން ނުކުތް ފަހުންނެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން ދިވެހި ހައްޖު މިޝަނާއި ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި ހަރަމައިން ކުންފުނިން ދިޔައީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ނަސީމްގެ އާއިލާއިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ނަސީމް ގެއްލިގެން އުޅޭކަން އެނގުނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ މިނާގައި ތިބުމަށް ފަހު އަރަފާތަށް ދާން ބަހަށް އަރަން ހާޒިރީ ކީއިރު ނެތުމުންނެވެ. ނަސީމަކީ ނަފްސާނީ މައްސަލަތަކެއް ހުންނާތީ ބޭސް ކާ މީހެއް ކަމަށާއި އޭނާގެ އަތުގައި ފޯނެއް ވެސް ނޯންނާނެ ކަމަށް އާއިލާއިން ބުންޏެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭ 900 އަށް ވުރެ ގިނަ މަރު
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ހަރަމްފުޅުގެ ކެރޭން ވެއްޓުމުން ބިންލާދިން ގްރޫޕަށް ބޮޑު ޖޫރިމަނާއެއް
ކޯމާއެއްގައި އޮތް ހައްޖުވެރިޔާ ނިޔާވެއްޖެ
ހާޓް އެޓޭކެއް ޖެހި ހައްޖަށް ދިޔަ ދިވެއްސަކު މަރުވެއްޖެ
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ
"ހަވާލުވި ހުރިހާ ހައްޖުވެރިން ވެކްސިން ފުރިހަމަކުރި"
ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
ހައްޖުގެ އަޅުކަމުގެތެރޭ 1301 މީހަކު މަރުވި: ސައޫދީ
ހައްޖަށް ދިޔަ ހާހަކަށްވުރެ ގިނަ މީހުން މަރުވި