Roadha Mihaaru
ބަންގަލަދޭޝް މެޗަށް ހަމްޕު ފިޓް

ބަންގަލަދޭޝް މެޗަށް ހަމްޕު ފިޓް

25 ޖޫން 2023

ބުޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކަކުލަށް ކުރިމަތިވި ހާނިކައަކަށް ދަނޑު މަތީގައި ފަރުވާ ދޭން ޖެހުނު، ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ފިޓްކަމަށް އޭނާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބުޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކަކުލަށް ކުރިމަތިވި ހާނިކައަކަށް ދަނޑު މަތީގައި ފަރުވާ ދޭން ޖެހުނު، ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ފިޓްކަމަށް އޭނާ ބުނެފި އެވެ.

ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ އަށް ޕެނަލްޓީ ހޯދައި ދީ އެ ޕެނަލްޓީ އަށް ރާއްޖެއިން ލީޑް ނަގައިދިން ހަމްޕް އަށް ފުރަތަމަ ހާފުގައި ފަރުވާދޭން ޖެހުނީ ބޫޓާނުން ނެގި ކޯނަރެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެނާގެ ފައި ބިންމަތީގައި ޖެހުނު ގޮތުންނެވެ.

އެ މެޗުގައި ފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ބޭލި އެވެ.

ރާއްޖޭގައި 2021 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކޮޅަށް ބައިސްކަލް ކިކަކުން ލަނޑު ޖެހި ހަމްޕު އަށް ކުޅެވުމަކީ ދިވެހި ޓީމަށް މިއަދު މެޗުގައި ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ 20 އަހަރު ރާއްޖޭން ވަނީ ބަންގްލަދޭޝް އަތުން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. މުބާރާތުގައި ބަންގްލަދޭޝް އަތުން އެންމެ ފަހުން ރާއްޖެ ބަލިވީ 20 އަހަރު ކުރިން، 2003 ގައި އެ ގައުމުގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.

ބަންގްލަދޭޝްއާ ދިވެހި ޓީމު ބައްދަލު ކުރާ މެޗު ފަށާނީ މިއަދު ރާއްޖޭގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.