16 ޖޫން 2023
ވޮޝިންޓަން (ޖޫން 16) - އިރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ ދެމެދު އެމެރިކާއިން ބާއްވާ ނުތަނަވަސްކަން ކުޑަކުރުމަށް ދެ ގައުމުން މަޝްވަރާ އަށް ދާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވޮޝިންޓަން (ޖޫން 16) - އިރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ ދެމެދު އެމެރިކާއިން ބާއްވާ ނުތަނަވަސްކަން ކުޑަކުރުމަށް ދެ ގައުމުން މަޝްވަރާ އަށް ދާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރޮއިޓަސް ނިއުސް އެޖެންސީން ބުނީ ދެ ގައުމުން ކުރާ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:
- އިރާނުން ބަންދުކޮށްފައިވާ އެމެރިކާގެ ބައެއް ރައްޔިތުން ދޫކޮށްލުން.
- ގައުމުން ބޭރުގައި ހުރި އީރާނުގެ ބައެއް އެސެޓްތައް ފްރީޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނިމުމަކަށް ގެނައުން.
އެމެރިކާއިން އިރާނާ އެކު މަޝްވަރާ ކުރިއަސް އެ ގައުމަށް ފައިދާވާ ކަންތައްތަކަށް އެމެރިކާއިން އެއްބަސްވާކަށް އެ ގައުމުގެ ސެނެޓްގެ ގިނަ މެންބަރު ގަބޫލެއް ނޫނެވެ. އެހެންވެ ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަނީ ވަކި އެއްބަސްވުމަކަށް ބަދަލުގައި ދެ ގައުމަށް ވިސްނުން އެއްގޮތް ކުރެވޭ ކަމެއްގައި ހައްލުތަކެއް ހޯދުމަށެވެ.
ވޮޝިންޓަނުން އުންމީދު ކުރަނީ އިސްރާއީލަށް ނުރައްކާވެ، ސަރަހައްދީ ހަތިޔާރުގެ ރޭހެއް ފެށިދާނެ ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ގޮތަށް އީރާނަށް ބައެއްކަންކަމުގައި އަލުން ލުއި ދެވިދާނެ ކަމަށެވެ. އިރާނުން ބުނަނީ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ އެއްވެސް އަމާޒެއް އެ ގައުމުގައި ނެތް ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ވަނަ އަހަރު ބާތިލު ކުރި އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި ވާގޮތުން ތެހެރާންގެ ޔޫރޭނިއަމް މުއްސަނދިކަން 3.67 ޕަސެންޓްގައި ބެހެއްޓެނެ އެވެ. އެ އެ މައުދަނުގެ ސްޓޮކް 202.8 ކިލޯގައި ބެހެއްޓުމަށް 2015 ގައި ހެދި އެއެއްބަސްވުމުގައި ވެއެވެ. އެއީ ނިއުކްލިއާ ހަތިޔާރެއް އުފެއްދޭނެ މިންވަރެއް ނޫނެވެ.
އެމެރިކާއާއި އީރާނުގެ ނުސީދާ މަޝްވަރާތައް ރޫޅިގެން ދިޔަ ފަހުން އެމެރިކާ އާއި ޔޫރަޕްގެ އޮފިޝަލުން ގެންދިޔައީ ތެހެރާނުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓުވޭނެ ގޮތްތައް ހޯދަމުންނެވެ. މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރަށް ވުމަކީ ހުޅަނގުގެ ގައުމުތަކުން އީރާނާ މެދު އޮތް ނުތަނަވަސްކަމަށް ފިނި ކަމެއް އަންނާނެ ކަމެކެވެ.
އެކަމަކު އެމެރިކާއިން ވަނީ އިރާނާ ވާހަކަ ދައްކަން އުޅޭ ކަމަށް ބުނާ ވާހަކތައް ދޮގުކޮށްފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެޓް މިލާ ވިދާޅުވީ އީރާނާ އެކު އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ވޮޝިންޓަނުން ބޭނުންވަނީ ތެހެރާނުން މައްސަލަތައް ފިނިކޮށް ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށާއި އެމެރިކާއާ ދެކޮޅަށް ހަރަކާތްތެރިވާ ގުރޫޕްތަކަށް އިރާނުން ދޭ އެއްބާރުލުން ހުއްޓާލުމަށެވެ. އަދި ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމައަށް ތާއީދު ކުރުން ހުއްޓާލުމަށާއި ބަންދުކޮށްފައިވާ އެމެރިކާގެ ރައްޔިތުން ދޫކޮށްލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
ހަފުތާއެއްގެތެރޭ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާނެ
ހަމަލާ ދީފި ނަމަ އެއީ އީރާނުގެ ނިމުން: ޓްރަމްޕް
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން
އެމެރިކާގެ އޮފިޝަލަކު މަރަން އުޅުނު މީހަކަށް ދައުވާ
އެމެރިކާ ވެރިޔަކު މަރަން ރޭވި މީހަކު ހައްޔަރުކޮށްފި
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ