12 ޖޫން 2023
މެންޗެސްޓާ (ޖޫން 12) - މެންޗެސްޓާ ސިޓީގައި ޝެއިހް މަންސޫރު ބިން ޒައިދު އަލް ނަހްޔާން ފަދަ އޯނަރެއް ނެތް ނަމަ އެ ކްލަބަށް ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނީސް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ (ޖޫން 12) - މެންޗެސްޓާ ސިޓީގައި ޝެއިހް މަންސޫރު ބިން ޒައިދު އަލް ނަހްޔާން ފަދަ އޯނަރެއް ނެތް ނަމަ އެ ކްލަބަށް ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނީސް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ސިޓީ އަށް ސީޒަންގައި ބޮޑު ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެއީ އެލެކްސް ފާގަސަން މެންޗެސްޓާ ޔުނައިޓެޑަށް 1999 ގެ ސީޒަންގެ ބޮޑު ތިން މުބާރާތުގެ ތަށި ހޯދައި ދިން ފަހުން އިނގިރޭސި އެހެން ކްލަބަކުން ސީޒަންގެ ބޮޑު ތިން މުބާރާތް ހޯދި ފުރަތަމަ ޓީމަކީ ސިޓީ އެވެ.
ގާޑިއޯލާ ބުނީ ސިޓީގެ ހުރިހާ ކާމިޔާބީއެއް ގުޅިފައި ވަނީ 2008 ވަނަ އަހަރު މަންސޫރު ޓީމާ ހަވާލުވުން ކަމަށެވެ.
"ކަނުލައި އަޑުއަހާ، މި ކްލަބް މިހާރު އޮތް މަގާމުގައި މި އޮތީ އަބޫ ދާބީގެ މީހުން، ޝެއިހް މަންސޫރު މި ކުލަބު ގަތީމަ. އެހެން ނޫން ނަމަ މިހިސާބަށް ނާދެވުނީސް. އެއީ އެންމެ މުހިއްމު ކަމަކީ،" ގާޑިއޯލާ ބުންޏެވެ.
"ޗެމްޕިއަންސް ލީގުގެ އެއް ތަށި ހޯދާފައި އަހަރެން ގެއްލޭކަށް ބޭނުމެއް ނޫން. އެހެންވީމާ އަންނަ އަހަރު ކާމިޔާބީ ތަކުރާރު ކުރަން މަސައްކަތް ކުރަން ޖެހޭ."
ސިޓީގެ ވެރިޔާ މަންސޫރު (ކަރުގައި ސިޓީގެ ސްކާފެއް އޮޅައިގެން) ޔޫއޭއީގެ ރައީސް (ވ) އާއެކު ޗެމްޕިއަންސް ލީގު ފައިނަލް ބަލަނީ.-- ފޮޓޯ: އޭއެފްޕީ
އިނގިރޭސިވިލާތުގެ އޮޑިޓް ފާމެއް ކަމަށްވާ ޑިލޮއިޓްގެ އެނަލިސްޓުން ބުނާ ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުޓްބޯޅަ ކްލަބަކީ ސިޓީ އެވެ. ސިޓީ އަށް ވަނީ 786 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
ޝެއިހް މަންސޫރު ސިޓީ ގަތުމުގެ ކުރިން 40 އަހަރު އިނގިރޭސި ތައްޓެއް ނުހޯދި ސިޓީ އޮތެވެ. މަންސޫރު ސިޓީ ހިންގުމާ ހަވާލުވީ ފަހުން އެޓީމުން ވަނީ ހަތް ޕްރިމިއާ ލީގާއި ތިން އެފްއޭ ކަޕާއި ހަ ލީގް ކަޕް ކާމިޔާބު ކޮށްފަ އެވެ.
"މިއަދުގެ ޓްރޮފީ [ޗެމްޕިއަންސް ލީގު ޓްރޮފީ] އަކީ މީގެ 15 އަހަރު ކުރިން ރާވައިގެން ހިންގާ ސްޓްރެޓަޖީގެ ނަތީޖާ،" ޗެމްޕިއަންސް ލީގުގެ ކާމިޔާބީއާ ގުޅުވައިގެން ޝެއިހް މަންސޫރު ނެރުނު ބަޔާނެއްގައި ވެއެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ މަހުޖަނުން ޔޫރަޕްގެ ފުޓްބޯޅަ ކްލަބްތަކަށް އިންވެސްޓް ކޮށްގެން، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އެތައް މަސައްކަތްތަކެއް ކުރެ އެވެ. ގަތަރުގެ ވެރިންނާ އެކު ފްރާންސްގެ ޕީއެސްޖީ އަށް އެއް ފަހަރު ފައިނަލާ ހަމައަށް ދަތުރު ކުރެވުނުއިރު، ސިޓީ ވެސް ވަނީ މީގެ ކުރިން އެއްފަހަރު ފައިނަލް ކުޅެގެން ބަލިވެފަ އެވެ.
ރެކޯޑް 14 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑުން އެހެން ޓީމުތައް ފަހަތަށް ޖައްސާލައި ފާއިތުވި 10 އަހަރު ތެރޭ ވެސް ހަ ތަށި ހޯދައިފައި ވެއެވެ. ނަމަވެސް ސިޓީ އިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލް އަތުން ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ޕީއެސްޖީގެ އިތުރުން ސައުދީ އަރަބިއްޔާގެ ވެރިންނާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ޓީމުތައް ސިއްސުވާލި ނިއުކާސަލް ޔުނައިޓެޑް ވެސް ކުޅޭނެ އެވެ. ހަމަ އެއާ އެކު ޖަތަރުގެ ޝެއިހް ޖާސިމް ބިން ހަމަދު އަލް ޘާނީ އަންނަނީ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް މަސައްކަތް ކުރަމުންނެވެ.
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި
ޗެމްޕިއަންސް ލީގު ހޯދައި ގާޑިއޯލާ ފުޓްބޯޅައިގެ ތަހުތަށް
އެހެން މީހަކަށް ނުކުރެވުނު ކަމެއް: ގާޑިއޯލާއަށް ވާނެތަ
ރެއާލް މެޗުގެ ކޮންޓްރޯލް އޮތީ ސިޓީ އަތުގައި: ގާޑިއޯލާ
ގާޑިއޯލާ ބުނިގޮތަށް ގޮތް ނިންމުން ސިޓީގެ ދަނޑުގައި
"ސިޓީ ނުކުންނާނީ ރެއާލް ކިބައިން ބަދަލުހިފާކަށް ނޫން"