10 ޖޫން 2023
ސ. މަރަދޫގައި މިހާރު ހިއްކަމުން އަންނަ ސަރަހައްދުން އާންމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ އެވެ.
ސ. މަރަދޫގައި މިހާރު ހިއްކަމުން އަންނަ ސަރަހައްދުން އާންމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ އެވެ.
މަރަދޫ އަވަށު އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލިގަނޑުން އެކި މީހުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.
އެއީ މަނާކަމެއް ކަމަށާއި އެކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އޮފީހުން ދިނެވެ.
މި ސަރުކާރުން އައްޑޫގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އައްޑު އަށް ބިން އިތުރުކުރުމުގެ މަސައްކަތުގެ ދަށުން މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކައި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ އެވެ.
އައްޑޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: މަރަދޫގައި ހިއްކަން ފަށާފައި އޮތް ސަރަހައްދުން ވެލި ނަގާ މައްސަލަ ވަނީ ބޮޑުވެފައި.-- ފޮޓޯ: ރައީސް އޮފީސް
ބިން ހިއްކުމުގެ މަސައްކަތް ފެށީ ވެސް މަރަދޫންނެވެ.
އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު އެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ މި މަޝްރޫއުގެ ދަށުން އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ އެވެ.
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި
އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށަނީ
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި
"އައްޑޫ އީދި ސަމާ"ގެ ޕާޓްނަރަކަށް ދިރާގު
އައްޑޫގެ ބިންހިއްކުން ނެދަލެންޑްސްގެ ބަޔަކާ ހަވާލުކޮށްފި
ރައީސްގެ އައްޑޫ ދަތުރުގައި ބިން ހިއްކާ މަޝްރޫއު ފަށަނީ
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ
އައްޑޫން ގޯތި ދިނުމާ ގުޅިފައިވާ ހިއްކާ ބިންތަކާ