މި އަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖާޒީ އާއި ޓްރެވެލް ކިޓް ހަދިޔާކޮށްފި އެވެ.
08 ޖޫން 2023
މި އަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖާޒީ އާއި ޓްރެވެލް ކިޓް ހަދިޔާކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖާޒީ އާއި ޓްރެވެލް ކިޓް ޓީމާ ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒެވެ. ޖާޒީ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މިނިސްޓަރު މަހުލޫފް ވަނީ މުބާރާތުގައި ބައިވެރިވުމަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން އަދާކުރި ދައުރާއި ދިރާގުން ދިން އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ ޓީމަށް މިނިސްޓަރު ކާމިޔާބީއަށް އެދިވަޑައިގަތެވެ.
ދިރާގުން ހަދިޔާކުރި ޓްރެވަލް ކިޓް ހަވާލުކޮށްދެއްވަނީ. -- ފޮޓޯ: ދިރާގު
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ އެ އެހީތެރިކަމަކީ މުޖުތަމުގެ އެންމެ ބާރުވެރިކުރުވުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ދިން އެހީއެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އައިމިނަތު ޝައިނާ އަބްދުﷲ ވަނީ ދިރާގުން މި އަހަރު ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމަށް ދިން އެހީ އާއި ވޭތުވެދިޔަ އަހަރުތަކުގައި ވެސް ދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދިރާގުން ބާއްވާ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގެ ސަބަބުން ގިނަ އެތުލީޓުންނަށް ކުޅިވަރުގެ މާހައުލަށް ނުކުތުމަށާއި މިކަމުގައި އަމިއްލަ ނަފްސަށް އިތުބާރުކުރަން ވެސް ދަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަކީ ހާއްސަ އެހީއަށް ބޭނުންވާ އެތައް ހާސް އެތުލީޓުންނެއް އެކި ކުޅިވަރުތަކުގައި ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް އިވެންޓެވެ. މިއަހަރުގެ ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ބައިވެރިވަނީ ވާދަވެރި ދުވުމާއި ބެޑްމިންޓަންގައެވެ.
ދިރާގުން އައިފޯން 17 ޕްރޯ ހުސްވެއްޖެ
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ސްޕެޝަލް އޮލިމްޕިކްސް އިން އާންމުންގެ އެހީއަށް އެދިއްޖެ
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ދިރާގު ރޯޑް ރޭހުގެ މެޑަލާއި ރޭސް ކިޓް ދައްކާލައިފި
ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ