08 ޖޫން 2023
ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާތީ، ރަޝިޔާއަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ވެސް، އަވައްޓެރި ޗައިނާ އާއި ރަޝިޔާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެ އެވެ.
ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާތީ، ރަޝިޔާއަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ވެސް، އަވައްޓެރި ޗައިނާ އާއި ރަޝިޔާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެ އެވެ.
ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް، ޗައިނާ އާއި ރަޝިޔާއާ ދެމެދު ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ ޖުމްލަ އަގު 93.8 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ. މިއީ ހުސްވި 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ކުރި ވިޔަފާރިއަށް ވުރެ 40.7 އިންސައްތަ އިތުރު މިންވަރެކެވެ.
އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ޗައިނާ އިން ރަޝިޔާ އަށް އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިއަހަރުގެ ޖެނުއަރީން މެއިގެ ނިޔަލަށް އެކްސްޕޯޓް ކުރި މުދަލުގެ އަގަށް 42.96 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 75.6 އިންސައްތަ އިތުރު މިންވަރެކެވެ.
ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާއަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން ފިޔަވަޅު އަޅާފައިވާ މިދަނޑިވަޅުގައި ޗައިނާ އިން ރަޝިޔާއާ އެކުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަކީ، ޗައިނާ އާއި ރަޝިޔާ އަށް ވެސް އިގްތިސާދީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޗައިނާ އިން ރަޝިޔާއާ އެކުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރި ނަމަވެސް، ޗައިނާ އާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކާ ދެމެދު ކުރަމުން އައި ވިޔަފާރީގެ މުއާމަލާތްތައް ދިޔައީ ދަށަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާ، ތައިވާން، ދެކުނު ކޮރެއާ އަދި ނިއު ޒީލޭންޑާ އެކުގައި ޗައިނާ އިން ކުރި ވިޔަފާރީގެ މުއާމަލާތްތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދިޔައީ ދަށަށެވެ. ތައިވާނާއި ޗައިނާއާ ދެމެދު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ވަނީ 25 އިންސައްތަ ދަށަށް ގޮސްފަ އެވެ.
އޭގެ އިތުރުން އެމެރިކާ އާއި ޗައިނާއާ ދެމެދު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ކުރި ވިޔަފާރީގެ މުއާމަލާތްތައް ވަނީ 12.3 އިންސައްތަ ދަށަށް ގޮސްފަ އެވެ.
ޗައިނާ އާއި ރަޝިޔާއާ ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިވެފައިވާ އިރު، ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްތިން މިދިޔަ މަހު ވިދާޅުވެފައިވަނީ، ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު، މިއަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޗައިނާގެ ބޮޑުވަޒީރު ލީ ޗިއާން އާއި ރަޝިޔާގެ ބޮޑުވަޒީރު މިދިޔަ މެއި މަހު ބެއިޖިންގައި ބައްދަލުކުރައްވައި، ދެ ބޭފުޅުން ވެސް ވަނީ، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އެ ގޮތުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ކުރެއްވި މަޝްވަރާތަކުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަންތައް ތަންފީޒުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ދެ ބޮޑުވަޒީރުން ވިދާޅުވި އެވެ.
ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް
ޔޫކްރޭންގެ ސުލްހައިގެ ޕްލޭނަށް ސައޫދީގައި މަޝްވަރާކުރަނީ
ސުލްހައިގެ ވާހަކަތަކަށް ދެކޮޅެއް ނުހަދަން: ޕުޓިން
ހީރޯޝީމާ ސަމިޓް: ހުޅަނގާއި އިރުމަތީގެ ކޯޅުމެއް
ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް
ހުޅަނގާއި ޔޫކްރޭން ސުލްހައަށް ތައްޔާރެއް ނޫން: ޕުޓިން
ޗައިނާ އަށް ވަޑައިގަތުމަށް ޕުޓިން އަށް ދައުވަތެއް
ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރައީސް ޝީ ރަޝިޔާ އަށް
ހަނގުރާމަ ހުއްޓައިލުމަށް ޗައިނާ އާއި ބެލަރޫސް ގޮވާލައިފި