Roadha Mihaaru

ނޭމްޑްރޮޕް: ނަންބަރު ދޭން ދެ އައިފޯން ކައިރިކޮށްލަންވީ

06 ޖޫން 2023

މީހަކާ ދިމާވެ އެކަކު އަނެކަކު ނަންބަރު ޝެއާކުރަން ދެން އަދި މާ ފަސޭހަވާނެ އެވެ. ނަންބަރު ކިޔާކަށް ވެސް އަދި މެސެޖެއް ގޮތަށް ފޮނުވާކަށް ވެސް ނުޖެހޭނެ އެވެ.

މީހަކާ ދިމާވެ އެކަކު އަނެކަކު ނަންބަރު ޝެއާކުރަން ދެން އަދި މާ ފަސޭހަވާނެ އެވެ. ނަންބަރު ކިޔާކަށް ވެސް އަދި މެސެޖެއް ގޮތަށް ފޮނުވާކަށް ވެސް ނުޖެހޭނެ އެވެ.

އައިއޯއެސް 17 ގެ ފީޗާތަކުގެ ތެރޭގައި ހިމެނޭ މި ފީޗާގެ ނަމަކީ "ނޭމްޑްރޮޕް" އެވެ. އެކަކު އަނެކަކު ފޯނު ކައިރިކޮށްލުމާ އެކު ނަންބަރު ޝެއާކުރަން އިހުތިޔާރެއް ދޭނެ އެވެ. ޝެއާ އަށް ފިތާލުމުން އެކެއްގެ ނަންބަރު އަނެކަކަށް ލިބުނީ އެވެ.

އިތުރު އެހެން ބައެއް ހާއްސަ ފީޗާތައް މި ކިޔައިދެނީ

ކޮންޓެކްޓް ޕޯސްޓާ

އަލަށް ދިން އަނެއް ފީޗާ އަކީ މީހަކަށް ފޯނުކުރުމުން އެ މީހަކަށް ތިމާގެ ނަން ނުވަތަ ނަންބަރު އެކަނި ފެނުމުގެ ބަދަލުގައި ރީތި ފޮޓޯއެއް ނުވަތަ އިމޯޖީއެއް ފެންނަ ގޮތް ހެދުމެވެ. އޭރުން މީހަކަށް ފޯނުކުރުމުން ކޯލް ލިބޭ މީހާގެ ސްކްރީނަށް އަރާނީ އެ ހެދި ޕޯސްޓަރެވެ.

ޗެކް-އިން

ގެޔަށް ނުވަތަ އެ މީހަކު ދާން ގަސްތުކުރި ތަނަކަށް ދާންޖެހޭ ވަގުތުގައި ދެވުނުކަން އޮޓޮމެޓިކުން އާއިލާގެ މެންބަރުންނަށް ނުވަތަ އެކުވެރިންނަށް މިހާރު އެންގޭނެ އެވެ. ދާންޖެހޭ ތަނަށް ނުދެވި ލަސްވެ ފޯނަށް ޖަވާބު ނުދޭ ނަމަ އެ މީހަކު ހުރި ތަނަކާއި ފޯނުގެ ބެޓެރީ ލެވަލް އާއި ފޯނަށް ސިގްނަލް ލިބޭ މިންވަރު ފަދަ މުހިންމު ބައެއް މައުލޫމާތު ފޮނުވައިދޭނެ އެވެ.

އިތުރު އެތައް ކަމެއް

ފޯނު ޗާޖުކުރަން ބާއްވާ ވަގުތު މިހާރު އެހެން ގޮތަކަށް ފޯނު ބޭނުންކުރެވިދާނެ އެވެ. ފޯނު ހުރަހަށް ބޭއްވުމުން އެއިން ގަޑި އާއި ކަލަންޑަރު ފެންނަ ގޮތަށް، މޭޒުމަތީ ގަޑިއެއް ގޮތަށް ވެސް ފެންނާނެ އެވެ.

އެއާޑްރޮޕުން އެއްޗެއް ފޮނުވަން ފަށާފައި ދެ މީހުން ދުރަށް ދިޔަޔަސް، ދެ ފޯނު އައިކްލައުޑަށް ސައިންއިން ވެފައިވާ ނަމަ މިހާރު އެ ފޮނުވި ކޮންޓެންޓެއް ހަމަ އޭގެ ފުރިހަމަ ކޮލިޓީގައި އިންޓަނެޓް މެދުވެރިކޮށް އަނެއް ފޯނަށް ލިބޭނެ އެވެ.

އައިއޯއެސް 17 ރަސްމީކޮށް ޑައުންލޯޑަށް ދޫކޮށްލާނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު މިހާރު ވެސް ބީޓާ ވާޝަން ޑައުންލޯޑްކޮށް ފީޗާތައް ޓެސްޓުކޮށްލެވޭނެ އެވެ.