27 ޖެނުއަރީ 2017
ނޭޕްލްސް، އިޓަލީ (ޖެނުއަރީ 27) – އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރިޔަސް ނުކުރިޔަސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވެގެންދާނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.
ނޭޕްލްސް، އިޓަލީ (ޖެނުއަރީ 27) – އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރިޔަސް ނުކުރިޔަސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވެގެންދާނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.
ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ހުރިހާ ކާމިޔާބެއް އަދި އިންޑިވިޖުއަލް ގިނަ އެވޯޑްތަކެއް ހޯދައިފައިވީ ނަމަވެސް މެސީ އަށް އާޖެންޓީނާއާ އެކު ބޮޑު ކާމިޔާބެއް ނުހޯދެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ދެ ކޮޕާ އެމެރިކާގެ ފައިނަލުން ވެސް ބަލިވީ އެވެ. އެކަމާ ގުޅިގެން މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ފަހުން ވަނީ އެނބުރި އައިސްފަ އެވެ.
އެއްބަޔަކު ބުނާ ގޮތުގައި މަރަޑޯނާއާ އެއް ސަފަކަށް މެސީއަށް އެރޭނީ އޭނާ ފަދައިގެން އާޖެންޓީނާއާ އެކު މެސީ ވޯލްޑް ކަޕެއް ކާމިޔާބުކުރުމުންނެވެ. ހާއްސަކޮށް ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލާ އެކު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ މެސީއަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ދާދި ފަހުން މެސީ އަށް ފާޑުކީ ނަމަވެސް މަރަޑޯނާ ވަނީ މި ފަހަރު އޭނާގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. އެގޮތުން އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ބުނީ ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބެއް ހޯދައިނެތުމަކީ މެސީގެ ކެރިއަރުގައި މިހާތަނަށް ހޯދި ކާމިޔާބީތަކަށް އެޅޭނެ ހިޔަންޏެއް ނޫން ކަމަށެވެ.
"މެސީ އާދަޔާހިލާފު ކުޅުންތެރިޔަކަށް ނުވަނީ އޭނާ ވޯލްޑް ކަޕް ކާމިޔާބުނުކުރާތީއޭ ބުނާ ބުނުން އަހަންނަށް ގަބޫލެއް ނުކުރެވޭނެ. ވޯލްޑް ކަޕް ހޯދިޔަސް ނުހޯދިޔަސް މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް. އަހަރެންގެ އުމުރުން މިހާރު 56 އަހަރުމިވީ. އަހަރެންގެ ހަޔާތުގައި ނުދެކެން އޭނާ ވަރުގެ ކުޅުންތެރިޔެއް. މެސީ ނިސްބަތްވަނީ އާޖެންޓީނާއަށް ކަމަށްވާތީ އެކަމަށް ޝުކުރުވެރިވަން،" މަރަޑޯނާ ބުންޏެވެ.
މަރަޑޯނާ ބުނީ އޭނާ އަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނީ އެކަނި މަސައްކަތުން ނޫން ކަމަށާއި އެކަމުގެ ފަހަތުގައިި އެތައް ކުޅުންތެރިންތަކެއް ހިމެނޭ ކަމަށެވެ. އެހެންވެ އާޖެންޓީނާ އަށް ފަހަކަށް އައިސް ވޯލްޑް ކަޕް ކާމިޔާބުނުކުރެވުމުގެ ޒިންމާ ހަމައެކަނި މެސީގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
އާޖެންޓީނާ މޮޅުވުމަކީ ބައްޕަ އަށް ވެސް ލިބޭނެ ޝަރަފެއް
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
2020: ކުޅިވަރުގެ ދުނިޔެ އަށް ބަނަ އަހަރެއް
މެސީ، ނެވެލްސްގެ ޖާޒީގައި މަރަޑޯނާއަށް އިހުތިރާމްކޮށްފި
އެންމެ މޮޅީ މެސީއެއް ނޫން، މަރަޑޯނާ: ކަނަވާރޯ
މެސީ އަށް މަރަޑޯނާ ތައުރީފުކޮށްފި
މެސީގެ ނިންމުން ބަދަލުކުރަން ރައީސާއި މަރަޑޯނާ އެދިއްޖެ
މެސީ އެނބުރި އައިސް މަޔާމީ މޮޅުކޮށްދީފި
މެސީގެ ފަރާތުން ސުއަރޭޒް އަށް ޖަޒުބާތީ ވަދާއެއް
21 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އިން ކަޓައިފި