Roadha Mihaaru
އާބަންކޯ އިން ތިނަދޫގައި ޑީކޯ ޗެމްބަރެއް ބަހައްޓަނީ

އާބަންކޯ އިން ތިނަދޫގައި ޑީކޯ ޗެމްބަރެއް ބަހައްޓަނީ

04 ޖޫން 2023

އާބަންކޯގެ "ބިޔޯންޑް ހުޅުމާލެ ޕްލޭން" ގެ ދަށުން ގދ. ތިނަދޫގައި ޑީކޯ ޗެމްބަރެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާބަންކޯގެ "ބިޔޯންޑް ހުޅުމާލެ ޕްލޭން" ގެ ދަށުން ގދ. ތިނަދޫގައި ޑީކޯ ޗެމްބަރެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ރަށުގައި ޑީކޯ ޗެމްބަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. މިއީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރާ މަސައްކަތެއް ކަމަށް ވެސް އާބަންކޯގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 15 ގައި އެ ކުންފުނިން ބުންޏެވެ.

"އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެކެވެ،" އެ ބަޔާނުގައިވެ އެވެ.

އާބަންކޯ އިން ގދ. ތިނަދޫގައި ޑީކޯ ޗޭމްބަރު ބަހައްޓާ އިމާރާތުގެ މަސައްކަތް އެ ކުންފުނީގެ ބައެއް ވެރިން ބައްލަވާލައްވަނީ.-- ފޮޓޯ: އާބަންކޯ

އާބަންކޯ އިން ގދ. ތިނަދޫގައި ޑީކޯ ޗޭމްބަރު ބަހައްޓާ އިމާރާތުގެ މަސައްކަތް އެ ކުންފުނީގެ ބައެއް ވެރިން ބައްލަވާލައްވަނީ.-- ފޮޓޯ: އާބަންކޯ

އެ ކުންފުނިން ބުނީ ހުވަދު އަތޮޅުގައި އެ ޗެމްބަރު ބަހައްޓާއިރު، އެއީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ ހިސާބަށް ވާތީ އާންމުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

ޑީކޯ ޗެމްބަރުގައި ގިނައިން ފަރުވާ ދެނީ ފީނަން ގޮސް އުޅޭ ވަގުތު ބައެއް ފަހަރު އަވަހަށް މައްޗަށް އަރަން އުޅޭ ވަގުތު ޑީކޯ ވެގެންނެވެ. ނަމަވެސް އެ ކަންކަމުގެ އިތުރުން ވެސް ޗެމްބަރުގައި ފަރުވާ ދެ އެވެ. ފަސޭހަ ނުވެ، ގިނަ ދުވަސްވެފައި ހުންނަ ފާރުތަކާއި ފިހިފައި ހުންނަ ތަންތަން ފަސޭހަކުރުމަށް ވެސް ޑީކޯ ޗެމްބަރުތައް ބޭނުންކުރެ އެވެ.

އޭޑީކޭ ހޮސްޕިޓަލާއި ރާއްޖޭގެ ހަތަރު ރިސޯޓެއްގައި މި ވަގުތު ޑީކޯ ޗެމްބަރު އެބަހުއްޓެވެ. ނަމަވެސް ބައެއް ހާލަތުތަކުގައި ޗެމްބަރުތައް ހަލާކުވެ، ބައެއް ފަހަރު ބޮޑު ތަކުލީފެއް އުފުލަން ޖެހެ އެވެ.