Roadha Mihaaru
ވެކްސިން ފުރިހަމަ ކުރިޔަސް 29 ރަށަކަށް ދިއުން މަނާ!

ވެކްސިން ފުރިހަމަ ކުރިޔަސް 29 ރަށަކަށް ދިއުން މަނާ!

08 ޖުލައި 2021

ކޮވިޑް ފެތުރޭތީ އަރައިފޭބުން މަނާކޮށްފައި ނެތް ރަށެއް ނަމަ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް 29 ރަށަކަށް މިހާރު ވެސް އަރައިފޭބުން މަނާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް ފެތުރޭތީ އަރައިފޭބުން މަނާކޮށްފައި ނެތް ރަށެއް ނަމަ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް 29 ރަށަކަށް މިހާރު ވެސް އަރައިފޭބުން މަނާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ދިން ލުއިގެ ދަށުން، އެ މީހުން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ ނަމަ، ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މޮނިޓަރިންގައި ނެތް ރަށްތަކަށް ދަތުރުކުރެވޭނެ އެވެ.

އެކަމަކު އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 29 ރަށެއް މޮނިޓަރިންގައި އެބަ އޮތެވެ.

މިވަގުތު މޮނިޓަރިންގައި ހުރި ރަށްތައް

މިވަގުތު މޮނިޓަރިންގައި ހުރި ރަށްތައް

ވެކްސިން ފުރިހަމަކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭތީ އެ މީހަކު ހުރި ރަށެއްގެ ޕޮޒިޓިވިޓީ ރޭޓް ފަހަކުން ދަށް ނަމަ އެވެ. މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމުން، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ.

އެކަމަކު ޕޮޒިޓިވިޓި ރޭޓް ފަހަކުން މައްޗަށް ގޮސްފި ނަމަ، ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި އެ ރޭޓް 10 އަކުން މައްޗަށް ގޮސްފި ނަމަ، މިވަގުތު ފުރިހަމަކުރަމުންދާ ގޮތަށް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭނެ އެވެ.