Roadha Mihaaru
މޮޓޯކޭޑަށް ހުރަސް އެޅި ފަސް މީހަކަށް ދައުވާކޮށްފި

މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފި

03 ޖޫން 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ބަޔަކު ހުރަސް އަޅައި ހުއްޓުވީ، މާޗް 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަނުންނެވެ.

އެކަމާ ގުޅިގެން މޮޓޯކޭޑަށް ޖެހުނީ އަނެއް ކޮޅަށް އަނބުރާލައިގެން ދާށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ފަސް މީހަކަށް ޕީޖީ އޮފީހުން ކުރަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާކުރީ ކޮން ބަޔަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ.

އެ މައްސަލާގައި ރައީސްގެ ސެކިއުރިޓީ ފެއިލްވި ކަމަށް ބުނެ، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރަކަށް އޭރު ހުންނެވި އަބްދުﷲ އިބްރާހިމް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި އެވެ. އެހެން ނަމަވެސް ފަހުން އޭނާގެ އިހުމާލެއް ނެތް ނިންމައި އޭނާގެ ސަސްޕެންޝަން އުވާލައި މަގާމް ވެސް މަތި ކުރި އެވެ.