02 ޖޫން 2023
ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ބައިވެރިވެއްޖެނަމަ، ހުރިހާ ގެއްލުމެއް ލިބޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ބައިވެރިވެއްޖެނަމަ، ހުރިހާ ގެއްލުމެއް ލިބޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ދަނީ މި ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން ބާއްވަން ނިންމާފައި ވަނީ މި ރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.
އެ އެއްވުމުގައި ބައިވެރިނުވާން އެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލްގެ މެމްބަރުންގެ ކިބައިން ގާސިމް ވަނީ މީގެ ކުރިން އެދިވަޑައިގަންނަވާފަ އެވެ.
އެގޮތަށް ނިންމެވީ ސަރުކާރުން ޕްރެޝަރުކޮށްގެން ކަމަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދެއްވަން، މިއަދު މެންދުރު ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، އިމުގެ މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށް އެންމެ ފުރަތަމަ ބުނީ ވެސް ޖޭޕީން ކަމަށެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ އެއްވުމުގައި ބައިވެރިނުވާން ނިންމެވީ، ގާސިމް ވިދާޅުވި ގޮތުގައި، އެކަމުން ފިތުނަ ފަސާދަ އުފެއްދުން ފިޔަވައި އިތުރު އެއްވެސް ނަތީޖާއެއް ނުނިކުންނާނެތީ އެވެ.
"...ފިތުނަ ފަސާދަ އުފެއްދުން ނޫން ކޮން ބަދަލެއްތޯ ގެނެވޭނީ؟ އިޓްލޮސްގެ ނިންމުމަށް މިތާ އެއްވުމެއް ބާއްވައިގެން ކޮންމެ ވާހަކައެއް، ކޮންމެ ކަމެއް ކުރިޔަސް ކޮން ނަތީޖާއެއްހޭ ނުކުންނާނީ؟،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ވެސް ވިދާޅުވީ، އިން ވަކި ކުރުމުގެ މައްސަލަ އިޓްލޮސްގައި ކުރިއަށްދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެއީ މިރޭ އެއްވުން ބާއްވާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާ ގޮތް ކަމަށް ވާއިރު، އެ އެއްވުން ބާއްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ދުރުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހުރިހާ ދިވެހި ރައްޔިތުން ނުކުމެ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ދުރެއް ނުކުރެވޭނެ. އެކަން ކުރެވޭނީ ގާނޫނުއަސާސީގައި ބުނާ އުސޫލުތަކެއްގެ ތެރެއިން،" މި ރޭގެ އެއްވުމުން ނެރެވޭނެ އެއްވެސް ނަތީޖާއެއް ނެތް ކަން ތަކުރާރުކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
ޗާގޯސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުމަށް ޖޭޕީން ބައިވެރިނުވާން ނިންމި ނިންމުމާ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މޭ 1، 2015 ގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ނަތީޖާ އާ ގާސިމް މިއަދު ގުޅުވާލެއްވި އެވެ.
އަދި މި ރޭގެ އެއްވުމަށް ވަޑައިގެންފިނަމަ، އެތަނުގައި ހިންގަފާނެ ނޭއްގާނީ ކަންތައްތަކެއްގެ އަގު އަދާކުރައްވަންޖެހޭނީ އޭނާ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެތަނަށް މި ރޭ އެއްވާ ގިނަ އިސް ބޭފުޅުންނަކީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި، އެ އެންމެން ވެސް ބޭނުންވާނީ އެ އިންތިހާބުގައި އޭނާއަށް ވާދަކުރެވޭނެ މަގު ބަންދުކޮށްލުން ކަމަށެވެ.
"މާޒީގަ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަޅުގަނޑު ޖަލަށް ލާނެ. މިކަމުން ނުކުންނާނެ ހެޔޮ ނަތީޖާއެއް ނެތް. ނުކުންނާނީ ނުބައި ނަތީޖާއެއް،" އެއްވުމުގައި ބައިވެރިވެގެން ޖޭޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
ބޮނޑިއެއް ލިބެންޏާ ލިބޭނީ އަޅުގަނޑަށް ކަމަށް ގަބޫލު ކުރެވޭތީ އާއި އެއިރުން އަޅުގަނޑުމެން ޕާޓީ މީހުންގެ އުއްމީދުތަކާއި ވަގުތުތައް ހުސްވެ ސުމަކަށްވާނެތީ އަޅުގަނޑު ގަބޫލުކުރެވެނީ އެއްގޮތަކަށް ވެސް ތާކުންތާކު ނުޖެހޭ ތަނަކަަށް ނުދިއުމަށް: ގާސިމް
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ސިޓީފުޅު އަނބުރާ ގެންދިއުމަށް ގޮވާލައި އިދިކޮޅުން ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމައިފަ އެވެ.
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޕީޕީއެމުން ގާސިމް ގާތަށް