01 ޖޫން 2023
އެކަނިވެރި މަޔަކަށް ވުމުން އެންމެ ފުރަތަމަ އެހީވި މީހަކީ ބަތަލާ ރާނީ މުކަރްޖީ ކަމަށް އޭނާގެ އެންމެފަހުގެ ފިލްމު "މިސަސް ޗެޓަޖީ ވާސަސް ނޯވޭ"ގެ ޑައިރެކްޓަރު އާޝިމާ ޗިއްބަރު ބުނެފި އެވެ.
އެކަނިވެރި މަޔަކަށް ވުމުން އެންމެ ފުރަތަމަ އެހީވި މީހަކީ ބަތަލާ ރާނީ މުކަރްޖީ ކަމަށް އޭނާގެ އެންމެފަހުގެ ފިލްމު "މިސަސް ޗެޓަޖީ ވާސަސް ނޯވޭ"ގެ ޑައިރެކްޓަރު އާޝިމާ ޗިއްބަރު ބުނެފި އެވެ.
"ފިލްމްފެއާ" އަށް ދިން އިންޓަވިއުއެއްގައި އާޝިމާ ބުނީ އެ ފިލްމުގެ މިސަސް ޗެޓަޖީގެ ރޯލު ފެނި، އެންމެ ފުރަތަމަ ކާސްޓުކުރަން ވިސްނި މީހަކީ ވެސް ރާނީ ކަމަށެވެ.
ރާނީ އާއި އާޝިމާ (ވ).
"އަހަންނާއި ރާނީގެ އޮތީ ވަރަށް ޒަމާންވީ ގުޅުމެއް. ޔަޝް ރާޖްއާއެކު މަސައްކަތް ކުރަން އުޅުނު ދުވަސްވަރު ވަރަށް ގިނައިން ރާނީއާ ދިމާވާނެ. އެއީ އަހަރެން އެކަނިވެރި މަޔަކަށްވި ދުވަހު އަހަރެންގެ ސަޕޯޓުގައި އެންމެ ފުރަތަމަ އައި މީހާ. އެންމެ ބޭނުންވި ދުވަހު އަހަރެންނަށް އެހީތެރިވި މީހާ،" އާޝިމާ ބުންޏެވެ.
އޭނާ ބުނީ ރާނީ ނުލައި "މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމު ނުހެދީސް ކަމަށެވެ.
މި ފިލްމަކީ އިންޑިއާގެ އަންހެނެއް ކަމަށްވާ ސަގަރިކާ ޗަކަރަބޯޓީ، އޭނާގެ އާއިލާއާއެކު ނޯވޭ އަށް ދިރިއުޅުން ބަދަލުކުރި ފަހުން، އެ ގައުމުގެ ސަރުކާރުން އިހާނެތި ގޮތަކަށް އޭނާގެ ދެ ދަރިން އަތުލައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެ ކުދިން ހޯދުމުގައި ހިނގާދިޔަ ހާދިސާތަކުގެ މައްޗަށް އޭނާ ލިޔުނު "ދަ ޖާނީ އޮފް އަ މަދާ" ފޮތަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ރާނީ މުކަރްޖީގެ "މިސަސް ޗެޓަޖީ ވާސަސް ނޯޥޭ" ފިލްމުގެ މަންޒަރެއް.
އާޝިމާ ބުނީ އޭނާގެ ފޮތަށް ބިނާކޮށް ފިލްމު ހަދަން ފުރަތަމަ ޖެހިލުންވި ނަމަވެސް، އެފަދަ ނާއިންސާފުން ކުރާ ކަންކަން ހުއްޓުވުމަށް މި ފިލްމުން އެހީތެރިވާނެތީ ފަހުން އެއްބަސްވީ ކަމަށެވެ.
ބޮކްސް އޮފީހުގައި މި ފިލްމަސް މާބޮޑު ކާމިޔާބީއެއް ނުލިބުނަސް، ގިނަ ބަޔަކަށް ފިލްމު ކަމުދިޔަ ކަމަށް އާޝިމާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، މި ފިލްމުން އޭނާ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރި އެވެ. އެހެންވެ ދެން ބޭނުންވަނީ ކޮމެޑީ ފިލްމެއް ހަދާށެވެ. އަދި އެ ފިލްމުގައި ވެސް ރާނީ ކާސްޓުކުރަން އޭނާ ބޭނުންވެ އެވެ.
އައިފާގައި އެންމެ މޮޅު ފިލްމަކަށް "އެނިމަލް"
"ކޮފީ ވިތު ކަރަން" އަށް ކާޖޮލް އާއި ރާނީ
ރާނީގެ "މަރުދާނީ"ގެ ތިންވަނަ ފިލްމެއް ވެސް ގެނެސްދެނީ
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
ފަސްމަހުގައި ކުއްޖަކު ބައިގެން ދިޔަކަން ރާނީ ހާމަކޮށްފި
ރާނީގެ އާ ފިލްމުން ރޮއްވާލާނެ!
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ
ރާނީ ދެން އަންނާނީ އަންނަ އަހަރުގެ މެއި މަހު
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ