Roadha Mihaaru
ފަސްމަހުގައި ކުއްޖަކު ބައިގެން ދިޔަކަން ރާނީ ހާމަކޮށްފި

ކޮވިޑްގެ ތެރޭގައި ބަނޑަށް ފަސް މަހުގައި ކުއްޖަކު ބައިގެން ދިޔަކަން ރާނީ ހާމަކޮށްފި

13 އޯގަސްޓް 2023

ކޮވިޑްގެ ދުވަސްވަރު ބަލިވެއިނދެ، ބަނޑަށް ފަސް މަހުގައި ކުއްޖާ ބައިގެން ދިޔަކަން ބޮލީވުޑްގެ ތަރި، ރާނީ މުކަރުޖީ ހާމަކޮށްފި އެވެ.

ކޮވިޑްގެ ދުވަސްވަރު ބަލިވެއިނދެ، ބަނޑަށް ފަސް މަހުގައި ކުއްޖާ ބައިގެން ދިޔަކަން ބޮލީވުޑްގެ ތަރި، ރާނީ މުކަރުޖީ ހާމަކޮށްފި އެވެ.

އުމުރުން މިހާރު 45 އަހަރުގެ ރާނީ އެ ވާހަކަ އާންމުންނާ ހިއްސާކުރީ އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިއަށް ގެންދާ އިންޑިއަން ފިލްމު ފެސްޓިވަލްގައި އޮތް މީޑިއާ އިވެންޓެއްގަ އެވެ.

"މިއީ އާންމު ތަނެއްގައި އަހަރެން މި ވާހަކަ ދައްކާ ފުރަތަމަ ފަހަރު. ކުރިން މި ވާހަކަ ނުދެއްކީ ފިލްމުގެ ޕްރޮމޯޝަނާ ދިމާކޮށް މި ވާހަކަ ދައްކައިފިއްޔާ މީހުންގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރިދާނެތީ،" ރާނީ ބުންޏެވެ.

"އެއީ ކޮވިޑްގެ ދުވަސްވަރު، 2020 ވަނަ އަހަރު ނިމުނުއިރު އަހަރެން އިނީ ދެވަނަ ދަރިފުޅަށް ބަލިވެ. އެ ދަރިފުޅު ބައިގެން ދިޔައީ ބަނޑަށް ފަސް މަހުގައި."

ރާނީ ބުނީ އޭނާގެ އެންމެ ފަހުން ނުކުތް ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގައި ރޯލެއް ކުޅެން އޭގެ ޕްރޮޑިއުސަރު ނިކިލް އަދުވާނީ އޭނާއަށް ގުޅީ ކުއްޖާ ބައިގެން ދިޔަތާ 10 ދުވަސް ފަހުން ކަމަށެވެ.

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ފިލްމުގައި ދައްކަނީ ނޯވޭގައި ދިރިއުޅޭ އިންޑިއާ އާއިލާއެއްގެ ކުދިންތަކެއް ގަދަކަމުން ދައުލަތަށް ނެގުމުން، އެ ކުދިން އަނބުރާ ހޯދުމަށް މަޔަކު އުޅޭ ގޮތެވެ.