30 މެއި 2023
މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މުހިއްމު ދެ ބިލެއް ރައްޔިތުންގެ މަޖިލިހަށް އެޖެންޑާ ނުކޮށް، ލަސްވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މުހިއްމު ދެ ބިލެއް ރައްޔިތުންގެ މަޖިލިހަށް އެޖެންޑާ ނުކޮށް، ލަސްވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އިގުތިސޯދަށް ވަރަށް މުހިއްމު ދެ ބިލެއް ކަމަށެވެ.
އެހެންވެ، މަޖިލިހަށް ހުށަހަޅާ ގަރާރުތަކެކޭ އެއްފަދައިން އެ ދެ ބިލް އެޖެންޑާކޮށް، ބަހުސްކުރުމާއި ފާސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ފައްޔާޒު "މިހާރު" އަށް ވިދާޅުވީ މަޖިލީހުގައި ބިލާ ގުޅޭ ކަމެއް އަދި ކޮމިޓީގެ މަސައްކަތެއް ވެސް ކުރިއަކަށް ނުދާ ކަމަށެވެ. މަޖިލީހުގެ ވަގުތުތައް ބޮޑަށް ލިބެނީ ގަރާރުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ދެ ބިލް އެއީ އަސްލު. މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މި ހުރިހާ ކަމެއްގައި މިހާރު ނުކުރެވި އޮތް ބޮޑު މުހިއްމު ދެ ކަންތައް އެއީ. ބޮޑު ބަދަލެއް މި ގައުމަށް އަންނާނެ ދެ ކަމެއް. އެއީ އެހެންވެ އަޅުގަނޑުމެން ވަރަށް ވަގުތު ނެގި އެ ބިލްތައް ޑްރާފްޓުކޮށް، ހަމަޖެހޭ ގޮތަކަށް ފަރުމާކޮށްގެން ހުށަހެޅުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
އޮކިއުޕޭޝަނަލް ސޭފްޓީ ބިލް އޮތީ ކޮމިޓީ މަރުހަލައިގަ އެވެ. ނަމަވެސް، ޕާޓީތަކަށް އައި ބަދަލުތަކާ އެކު ކޮމިޓީތަކަށް ވެސް ބަދަލު ގެންނާތީ އެ މަސައްކަތް އޮތީ މި ވަގުތަށް ހުއްޓިފަ އެވެ. އިންޑަސްޓްރިއަލް ރިލޭޝަން ބިލްގެ ފުރަތަމަ އަޑުއެހުން ކިޔުމަށް ފަހު، އެ ބިލްގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލްއަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔައްކުރުމަށް އަދި އިގްތިސޯދަށް ވަރައް މުހިއްމު ދެ ބިލް. މި އެޖެންޑާކޮއް ބަހުސްކޮއް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޤަރާރުތަކެކޭ އެއްފަދައިން މުހިއްމު @MohamedNasheed
— Fayyaz Ismail (@faya_i) May 30, 2023
"ފެންނަނީ ސިޔާސީ ކަމެއްގެ ގޮތުގައި ހުސް ގަރާރުތަކެއް ހުށަހެޅިގެން، މަޖިލީހުގެ ވަގުތު އެކަމަށް އެއްކޮށް ހުސްކޮށްލެވިގެންދާ ތަން. ގަރާރުތަކަކީ ވެސް މުހިއްމު ކަމެއް. އޮޕޮޒިޝަނުން އެ އެއްޗެހި ހުށަހަޅާނެ، އެ އަށް ޖާގަ ވެސް ލިބޭނެ. ނަމަވެސް އަނެއް ބައި ކުރިއަށް ނުދާތީ އަޅުގަނޑު ކަންބޮޑުވަނީ،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އެ ކަންތައްތަކަށް ވަގުތު ދީފައިވަނީ ބިލްތަކަށް ވަގުތު ނެތީ ކަން ނޭނގޭ."
ފައްޔާޒު ވިދާޅުވީ މި ދައުރުގައި އެ ކަންކަން ވުޖޫދަށް އަންނަން ބޭނުންވާ ކަމަށެވެ.
ކޮމިޓީތައް ހުއްޓުނީ، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ދިގުލައިގެންދާތީ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ވިދާޅުވީ 13 މެމްބަރުން އެމްޑީޕީން ވަކިވެފައިވާތީ ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލު ކުރައްވާ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ނިސްބަތުން އެ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
އެކަމުގެ މަޝްވަރާތައް ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނާ ކުރައްވާނެ ކަމަށާއި ކޮމިޓީތައް އަލުން އެކުލަވާލައި އިއުލާން ކުރެވެންދެން ކޮމިޓީތަކުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ. ނަޝީދު އެހެން ވިދާޅުވުމާ ގުޅިގެން، މިދިޔަ ހަފުތާގެ ހޯމަ ދުވަހަށް ތާވަލްކުރި ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ކެންސަލްކުރި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ކޮމިޓީތަކުގެ އެއްވެސް މަސައްކަތެއް މަޖިލިހުގައި ކުރިއަކަށް ނުގެންދެ އެވެ.
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
ނަޝީދުގެ ފެކްޝަންގެ މަސައްކަތަށް އާދަމް ޝަރީފުގެ ޝުކުރު
"ބޭކާރު ކުންފުނިތައް" އުފައްދާތީ ފައްޔާޒަށް ފާޑުކިޔުން
ސަރުކާރަށް ޖެއްސުން ކުރަން ކުރި ކަމެއް ސާފުކޮށްދީ: މީކާއިލް
"އިންޑިއާ އައުޓްއާ ހެދި އިތުރު އެހީތައް ނުލިބިދާނެ"
ރާއްޖޭގައި 281،000 ބިދޭސީން އުޅޭ: ފައްޔާޒު
ނަޝީދާއި ފައްޔާޒު އަނެއްކާ ވެސް ކުރިމަތިލުމަކަށް!
ފައްޔާޒު މަގާމުން ވަކިކުރާކަށް ނޫޅެން: ނަޝީދު
"ފައްޔާޒު ވަކިކުރަން ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް"
އުސޫލާ ޚިލާފަށް ނަޝީދު ނުފޫޒެއް ނުފޯރުއްވާ: އެމްޑީޕީ