30 މެއި 2023
މެޗުތަކުގައި ބޮޑެތި ގޯސްތައް ހަދާތީ ފާޑުކިއުން އަމާޒުވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ ކްލަބުގައި ހުރުމާ މެދު ގޮތް ނިންމާނީ އޭނާ އަމިއްލަ އަށް ކަމަށް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
މެޗުތަކުގައި ބޮޑެތި ގޯސްތައް ހަދާތީ ފާޑުކިއުން އަމާޒުވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ ކްލަބުގައި ހުރުމާ މެދު ގޮތް ނިންމާނީ އޭނާ އަމިއްލަ އަށް ކަމަށް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 2019 ވަނަ އަހަރު ލެސްޓާ ސިޓީ އިން ޔުނައިޓެޑަށް ބަދަލުވެ މެގުއާ، 30، މިހާތަނަށް ވަނީ 175 މެޗު ޔުނައިޓެޑަށް ކުޅެފަ އެވެ. އެކަމަކު ޓެން ހަގް ކޯޗުކަމާ ހަވާލުވި ފަހުން ފުރަތަމަ އެގާރައިގެ ފުރުސަތު މެގުއާ އަށް ވަނީ ގެއްލިފަ އެވެ. މި ސީޒަނުގައި މެގުއާ ޕްރިމިއާ ލީގުގައި ކުޅުނީ 16 މެޗުގަ އެވެ.
ޔުނައިޓެޑްގެ ޑިފެންސް މިހާރު ފޫބައްދަނީ ރަފައެލް ވަރާން އާއި ލިސަންޑްރޯ މާޓިނޭޒް އެވެ.
"މެގުއާ ހުރިހާ ހާލަތުން އެކަކު ވެސް އުފަލެއް ނުވާނެ. މެގުއާ ވެސް ހުރީ ހިތްހަމަޖެހިގެނެއް ނޫން. އެކަމަކު 100 ޕަސެންޓް ދީގެން މެގުއާ އަބަދުވެސް ފަރިތަކުރޭ" މެގުއާއާ ގުޅޭގޮތުން ސުވާލުކުރުމުން ޓެން ހަގް ބުންޏެވެ.
އޭނާ ބުނީ މެގުއާ ޔުނައިޓެޑްގެ ކެޕްޓަންކަމުގައި ހުރީ، އެއީ މުހިއްމު ކުޅުންތެރިއަކަށް ވާތީ ކަމަށެވެ.
"ޑިފެންސުން ޖާގަ ހޯދަން ވަރަށް ބޮޑު ވާދަވެރިކަމެއް އޮތީ މެގުއާ އަށް. އަހަރެން މިހުރީ މެގުއާއާ އެކު އުފަލުން. އެކަމަކު ކްލަބުގައި ހުރުމާ މެދު ގޮތް ނިންމާނީ މެގުއާ އަމިއްލަ އަށް" ޔުނައިޓެޑާ އެކު ހޭދަކުރާ ފުރަތަމަ ސީޒަނުގައި ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑާ އެކު މެގުއާ ހަދައިފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރު އެވެ. އަންނަ ސީޒަނުގައި އޭނާ ޔުނައިޓެޑްގައި ހުންނާނެތޯ އެހުމުން ސީދާ ޖަވާބެއް ޓެން ހަގް ދީފައެއް ނުވެ އެވެ. އެކަމަކު ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަޑުކުރާނެކަމަށް ޓެން ހަގް ބުނެފައި ވެ އެވެ.
ޔުނައިޓެޑުން ފުރުސަތު ނުލިބުނަސް މެގުއާ އަންނަނީ އިނގިރޭސި ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދަމުންނެވެ. މެގުއާ ވަނީ މިދިޔަ އަހަރު ފަހުކޮޅު އޮތް ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑް ވާދަކުރި ފަސް މެޗުގައި ވެސް ކުޅެފަ އެވެ. އަދި، އެންމެ ފަހުން ނެގި އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގައި ވެސް އޭނާ ހިމެނެ އެވެ. ޔުނައިޓެޑްގައި އޭނާ އަށް ފުރުސަތު ނުލިބޭތީ އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް ވަނީ ކަންބޮޑުވާކަމަށް ބުނެފަ އެވެ.
މެގުއާ އާއި އޮނާނާ މަލާމާތުގެ އަނގަތައް ބަންދުކޮށްފި
100 މިލިއަނުގެ މެގުއާ 38 މިލިއަނަށް ވިއްކާލަނީ
ކެޕްޓަން ބޭންޑް ނެގުމުންވެސް މެގުއާ ދެއްކީ މިސާލެއް
ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް މެގުއާ އަތުން ނަގައިފި
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމްގެ ނިންމުން؛ 16 އަހަރުގެ ޑިފެންޑަރު ޓީމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ
ޓެން ހަގްގެ ކިބައިން ބްރުނޯ މައާފަށް އެދިއްޖެ