29 މެއި 2023
އެމްޑީޕީ ދެ ބައިވެ މިހާރު އުފައްދަން މަސައްކަތްކުރާ "ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން މިއަދު ވަކިކޮށްފި އެވެ.
އެމްޑީޕީ ދެ ބައިވެ މިހާރު އުފައްދަން މަސައްކަތްކުރާ "ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން މުޖުތަބާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭނާ އެ މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރަކަށް މުޖުތަބާ އައްޔަކުރެއްވީ ނޮވެމްބަރު 29، 2018 ގަ އެވެ.
އެމްޑީޕީގެ ތެރެއިން އުފެދުނު އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުން ޕާޓީން ވަކިވެގެން އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސިޔާސީ މަގާމުތަކުން ވަކިކޮށްފަ އެވެ.
މުޖުތަބާގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) ވެސް ވަނީ މިއަދު އެ މަގާމުން ވަކިކޮށްފަ އެވެ.
އޭނާ ވެސް މަގާމުން މި ވަކިކުރީ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުން ގެންދަނިކޮށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޭއްވި ހަރަކާތްތަކާއި މުޒާހަރާތަކުގައި އެކި ފަހަރު މަތިން ހައްޔަރުކުރި ސްމިތު އެ މަގާމަށް އައްޔަންކުރީ ސެޕްޓެމްބަރު 6، 2019 ގަ އެވެ.
އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބެ، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި ބަޔަކު އެމްޑީޕީން އެދިގެން މަގާމްތަކުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން އިއްޔެ ބުންޏެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސް މަގާމުތަކަށް އައްޔަންކުރި މީހުން ވެސް ހިމެނެ އެވެ.
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
"ނިޒާމީ ވޯޓަށް މަޝްވަރާކުރިން، ދެން އިތުބާރެއް ނެތް"
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
"ކުޅުދުއްފުށި ބަދަލުކޮށްލަން ހެދީ 1ބިލިއަންގެ ޑީލެއް"
ދެވަނަ ބުރުގައި ވެސް ރައީސްގެ ފަހަތަށް ނަޝީދު ނާރާނެ
ރައީސަށް ކާމިޔާބުވެދާނެ، އެއީ އަޅުގަނޑަށް ފަހު ދުވަސް