29 މެއި 2023
ނ. މަނަދޫގައި އަނިޔާވެރިކޮށް ނައީމާ މޫސާ މަރާލި މައްސަލާގައި ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ނ. މަނަދޫގައި އަނިޔާވެރިކޮށް ނައީމާ މޫސާ މަރާލި މައްސަލާގައި ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރީ "މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި މާލޭގައި އުޅުނު މަނަދޫގެ ޒުވާނެއް ކަމަށްވާ ހަސަން ފަވާޒް، 21 އެވެ. ނައީމާ މަރާލި އިރު ރަށުގައި އުޅުނު އެ ޒުވާނާ މި ފަހުން އުޅުނީ މާލޭގަ އެވެ.
ފުލުހުން ފަވާޒް ހައްޔަރުކުރީ މާލޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ.
އެނގިފައިވާ ގޮތުގައި، ނައީމާ މަރާލި ރޭ ރަށުގައި ދުއްވީ ފަވާޒްގެ ކާރެކެވެ. މައްސަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވައި އެ ކާރުގައި ފުލުހުން އެ ރޭގެ ބައެއް މަންޒަރުތައް ތަހުގީގުގެ ބޭނުމަށް ވަނީ ކުޅުވައިފަ އެވެ.
ފުލުހުން ހިންގަމުން އަންނަ އުނދަގޫ ތަހުގީގުގައި، ނައީމާގެ މަރުގެ ތުހުމަތަށް މީގެ ކުރިން ހައްޔަރުކުރީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި އަބްދުލްވާހިދު ރިފާސް 20، އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.
ތިން ވަނަ މީހާ ބަންދުކުރި އިރު، މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ކޯޓުގައި ވަނީ ނައީމާ މަރާލި ކަަމަށް އެއްބަސްވެފަ އެވެ.
އެކަމަކު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ނައީމާގެ މަރުގައި ތުހުމަތުކުރެވޭކަން ފުލުހުން ބުނީ ކޯޓުގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ތަހުގީގަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވެ އެވެ. ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ވަޅި އާއި ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވެސް އަތިރިމަތީގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނައީމާ މަރާލި ކަމަށް ބެލެވެނީ އޭނާ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގުގައި ވަނީ 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕްލަ ނަގައިފަ އެވެ. އެއީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ހެއްކާ ގުޅުވާލެވޭ ހެކި ހޯދުމަށެވެ.
ނައީމާ މަރާލީ ސިހުރާ ގުޅުވައިގެންކަން ސާބިތުކުރަން ހެކި
ނައީމާ މަރާލުމުގެ ދެ މީހުން ދައުވާއަށް އިންކާރު
ނައީމާގެ މަރު: ބައެއް ހެކިތައް ސިއްރުކުރަން އަމުރު ނެރެފި
ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު
ނައީމާގެ މަރު: ހަތް މަސް ފަހުން މައްސަލަ ޕީޖީއަށް
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާ މަނަދުއަށް
ނައީމާގެ މަރުގެ މައްސަލާގައި ތިން ވަނަ މީހާ ހައްޔަރު
ތުހުމަތުވާ މީހުން ނައީމާގެ މަރަށް ފަހު ހަމަޖެހިލައިގެން
ނައީމާގެ މަރު: ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް