Roadha Mihaaru
ނައީމާގެ މަރު: ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް

ނައިމާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް

27 މެއި 2023

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

އެ މައްސަލާގައި ފުލުހުން ވަނީ އުމުރުން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި 23 އަހަރުގެ މީހާ މިހާރު ވެސް ހުރީ ޑްރަގްގެ މައްސަލައެއްގައި ހައްޔަރުކޮށް 14 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

އެ މައްސަލާގައި 20 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުން ފަސް ދުވަހުގެ މުއްދަތެއް އިތުރުކޮށް އަދި ވަކީލަކު އައްޔަން ކުރަން ވަނީ ފުރުސަތު ދީފަ އެވެ.

ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ރަށުގައި ދިރިއުޅޭ، ކުށުގެ ވެށީގައި އަބަދުވެސް އުޅޭ ބައެކެވެ. ނައީމާ މަރާލި ރޭ ވެސް މި މީހުން ރަށުތެރޭ ދަންވަރު އުޅުނު ކަމަށްވެ އެވެ. މި މީހުން ތަހުގީގަށް ދިން މައުލޫމާތަށް ބަލައި ފުލުހުން ވަނީ ރަށުގެ އަތިރިމަތީގެ ސަރަހައްދެއް ބަލައި ފާސްކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ސާމްޕަލްތައް ވެސް ހިމެނެ އެވެ.